މިލިއުން ޝެއަރ ކުރައްވާ

ޓެކްނިކަލް މައްސަލައެއް ދިމާވެ، ފަވަރަގެ ހިދުމަތް މެދުކެނޑިއްޖެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

ޓެކްނިކަލް މައްސަލައެއް ދިމާވެ، އިންސްޓެންޓް ޕޭމަންޓް ސިސްޓަމް “ފަވަރަ” ގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

އެ މައްސަލަ ހައްލުކުރުމަށް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.
އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ ފަވަރަ ގެ ހިދުމަތް ތައާރަފުކުރީ އޮގަސްޓް 2023 ގަ އެވެ.
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ބޭންކް އޮފް ސިލޯން (ބީއޯސީ)ގެ އިތުރުން މޮރިޝަސް ކޮމާޝަލް ބޭންކް އިން ފަވަރައިގެ ހިދުމަތް ލިބެ އެވެ.

މީގެ އިތުރުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް) އާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް)ގެ އިތުރުން ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) އިން ވަނީ ފަވަރަގެ ހިދުމަތް ފަށާފަ އެވެ.