މިލިއުން ޝެއަރ ކުރައްވާ

“ޕީސްޑް ޓުގެދާ ރަން”ގެ މެޑިކަލް ޕާޓްނަރަކީ ޓްރީ ޓޮޕް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ދުނިޔޭގެ ރަސްކަން ހޯދައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފޯރިގަދަ ނިމުމަކަށް

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގައި ސްޕެއިނާއި އާޖެންޓީނާ

ފްރާންސް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް

!މެސީގެ ޖާދުލާއި އެކު މިސްރުގެ އުއްމީދުތައް ފުނޑުފުނޑުކޮށްލުމަށްފަހު އާޖެންޓީނާ ގޮވައިގެން ވޯލްޑް ކަޕްގައި ކުރިއަށް

ޓްރީ ޓޮޕް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ދަހަވަނަ ގްރޭޑުގެ ދަރިވަރުން އިންތިޒާމުކޮށްގެން މި މަހު ބޭއްވި “ޕީސްޑް ޓުގެދަރ ރަން” ގައި އެ ހޮސްޕިޓަލުން މެޑިކަލް ޕާޓްނަރެއްގެ ހައިސިއްޔަތުން ބައިވެރިވެ، އިވެންޓަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އެ ހޮސްޕިޓަލުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި މަހުގެ 17 ވަނަ ދު ވަނަ ދުވަހު ބޭއްވުނު މި ދުވުމުގައި ކުއްލި ޙާލަތްތަކަށް އިޖާބަދިނުމުގެ ޚިދުމަތާއި އެހެނިހެން ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ. ބިލަބޮންގް އިންޓަނޭޝަނަލް އިން މި އިވެންޓް ރާވާފައިވަނީ ދަރިވަރުންނަށް އިވެންޓް ޕްލޭނިންގ، މާކެޓިންގ އަދި މެނޭޖްމަންޓްގެ ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަޤްޞަދުގައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ތަޢުލީމީ މުއައްސަސާތަކުން އިންތިޒާމުކުރާ މިފަދަ ޙަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ހޮސްޕިޓަލުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ. މީގެ އިތުރުން، ސްކޫލް ދަރިވަރުންގެ މެދުގައި ޞިއްޙަތާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވެއެވެ. އަދި ޞިއްޙީ ދާއިރާއަށް ޝައުޤުވެރިވާ ދަރިވަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ޒިޔާރަތްކޮށް، މަސައްކަތުގެ މާޙައުލު ދެނެގަތުމުގެ ފުރުޞަތު ތަނަވަސްކޮށްދެވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ، ޒަމާނީ ވަސީލަތްތަކުން ފުރިހަމަ ވެފައިވާ ޞިއްޙީ މަރުކަޒެކެވެ.