މިލިއުން ޝެއަރ ކުރައްވާ

ޕްލާސްޓިކް ކޮތަޅު އިމްޕޯޓްކުރާ މިންވަރު ދަށަށް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ސަބަބުން ރާއްޖެއަށް ޕްލާސްޓިކް ކޮތަޅު އިމްޕޯޓްކުރާ މިންވަރު ދަށްވެއްޖެ އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ)ގެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުން 2024 ވަނަ އަހަރު ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ލިބުނީ 9.19 މިލިއަން ރުފިޔާ އެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 27.4 ޕަސެންޓް ދަށް އަދަދެކެވެ.
ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމާއި، ޕްލާސްޓިކް ބޭނުން ކުޑަކުރުމަށްޓަކައި، އެއް-ފަހަރު ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީ ނަގަން ފަށާފައިވަނީ އޭޕްރީލް 18، 2023 ގައެވެ.
މި ސިޔާސަތުގެ އެންމެ ބޮޑު މަގުސަދަކަށް ވެފައި ވަނީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުކުރުމެވެ. މިކަމުގެ ހެޔޮ ނަތީޖާ މިހާރު މިވަނީ ފެންނަން ފަށާފަ އެވެ.