ދަނޑުވެރިކަމާބެހޭ ވުޒާރާ އާއި އެސްޑީއެފްސީން މިއަދުވަނީ ދަނޑުވެރިންނަށް ޚާއްސަ 15 މިލިއަން ރުފިޔާގެ ގްރާންޓް ސްކީމެއް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިސްކީމަކީ އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް އާއި ގުޅިގެން ހިންގާ މޯލްޑިވްސް އެގްރިބިޒިނަސް ޕްރޮގްރާމް ގެ ދަށުން ކުރިއަށް ގެންދެވޭ ސްކީމެކެވެ. މިސްކީމް އަމާޒުކުރެވިފައިވަނީ މި ޕްރޮގްރާމުގެ ޙަރަކާތްތައް ހިންގަމުންގެންދާ ތިން އަތޮޅުކަމުގައިވާ ހއ،ހދ އަދި ށ އަތޮޅުގެ ރަށްރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ ވިޔަފާރި ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރައްވާ ފަރާތްތަކަށެވެ.