ޕެންޑަމިކްގެ ކުރިން ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރު އޮތް މިންވަރަށް ދާނެކަމާށާއި އެއީ 2024ގައި %18 ކުރިއެރުމެ ފަތުރުވެރިކަމަށް ލިބޭނެކަމަށް ބެލެވޭތީއެވެ. މިއީ ފާހަގަކޮށްލެވޭ ތާރީހީ ކުރިއެރުމެކެވެ. މިކުރިއެރުމާއި އެކު ފަތުރުވެރިކަމަށް ކުރާހޭދަ 2 ޓްރިލިއަން ޑޮލަރު ފަހަނައަޅާނެކަމަށްވެސް ބެލެވެއެވެ. މިފޯކާސްޓްވަނީ ޔޫއެން ޑަބްލިއުޓީއޯ ވެސް އެއްބަސްވާ ފޯކާސްޓެއް ކަމަށް ބެލެވެނީ މީގެ ކުރުންވެސް ޑަބްލިއުޓީއޯއިން 20024ގެ ނިއަލަށް ޕެންޑަމިކް ގެ ކުރިން ފަތުރުވެރިކަން އޮތް މިންވަރާއި އަރާ ހަމަކުރާނެކަމަށް ބުނެފާވާތީއެވެ. މީގެ ސަބަބަކަށް ޓްރެވަލް ރެސްޓްރިކްޝަން މަދުވެ ވައިގެ ދަތުރުތަކަށް ލިބުނު ކުރިއެރުމާއި އޭސިއާގެ ފަތުރުވެރިކަމުގެ ބާޒާރަށް ޙާއްސަކޮށް ޗައިނާގެ ފަތުރުވެރެން ދަތުރުކުރުން އިތުރުވުމުގެ ސަބަބުން ލިބުނު ކުރިއެރުންވެސް ހިމެނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަންވެސް 2024 ވަނައަހަރު ދަތުރުކުރަމުންދަނީވެސް ރެކޯރޑް މުގުރާލާފަދަ ލަނޑުދަޑިތަކަކާއި ދިމާލަށެވެ. ދިވެިރާއޖެއަށް މިއަހަރު 2.01 މިލިއަން ފަތުރުވެރިން ޒިޔާރތްކުރެވޭނެކަމަށް ބެލެވޭއިރު މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް 2023 ވަނައަހަރަށްވުރެ %7.9 ގެކުރިއެރުމެކެވެ. މިއަމާޒަށް ހާސިލްވާނެކަމަށް ބެލެވޭ އެންމެ ބޮޑު އެއް ސަބަބަކީ ޗައިނާގެ ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއި އައު ރިސޯޓް އަދި ގެސްޓްހައުސްތައް ހުޅުވުމާއި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ކެޕޭސިޓީ އިތުރުވެގެންދިއުންވެސް މިކުރިއެރުމަށް ވާގިދެއެވެ. އަހަރުގެ ފުރަތަމަ މަހުފެސް %6.4 ގެ ކުރިއެރުމެއް ލިބިފައިވެއެވެ.