މިލިއުން ޝެއަރ ކުރައްވާ

ފަތުރުވެރިން އައި އަދަދުގެ އެއްވަނައިގައި އޮތީ ޗައިނާ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެކްސިޑެންޓެއް ހިނގައިފި، ތަހުގީގު ކުރަން ފަށައިފި” – މިހިސާބުން ނިންމާލެވޭކަށް ނެތް…

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އާޓިފިޝަލް އިންޓެލިޖެންސްގެ އިންގިލާބީ ކުރިއެރުންތަކާއެކު ދުނިޔޭގެ މަސައްކަތުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

1111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111

ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި އެންމެ ކުރީގައި އޮތް ޗައިނާއިން މިއަހަރުގެ މިހާތަނަށް 190،000 (އެއްލައްކަ ނުވަދިހަ ހާސް) އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން އެކަނިވެސް 190,016 (އެއްލައްކަ ނުވަދިހަ ހާސް ސާދަ) ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ 1.1 މިލިއަން ފަތުރުވެރިންގެ 16.8 އިންސައްތައެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި ޗައިނާ އޮތްއިރު، 164,067 ފަތުރުވެރިންނާއެކު ދެވަނައިގައި އޮތީ ރަޝިއާއެވެ. ތިންވަނައިގައި 91,574 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތް އޮތްއިރު، އޭގެ ފަހަތުން 76,549 ފަތުރުވެރިންނާއެކު އިޓަލީ، 71,238 ފަތުރުވެރިންނާއެކު ޖަރުމަނު، އަދި 67,687 ފަތުރުވެރިންނާއެކު އިންޑިއާ ވެސް ހިމެނެއެވެ. މީގެ އިތުރުން 30,471 ފަތުރުވެރިންނާއެކު ފްރާންސް، 28,917 ފަތުރުވެރިންނާއެކު އެމެރިކާ، 26,878 ފަތުރުވެރިންނާއެކު އޮސްޓްރޭލިއާ، އަދި 22,473 ފަތުރުވެރިންނާއެކު ސްވިޓްޒަލޭންޑަކީ ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ގަދަ 10 ގައުމުގެ ތެރޭގައި ހިމެނޭ މުހިންމު ބާޒާރުތަކެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވަމުން އަންނައިރު، މިވަގުތު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ޖުމްލަ 1,304 ފެސިލިޓީއެއް އަންނަނީ އޮޕަރޭޓް ކުރަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ 179 ރިސޯޓާއި، 936 ގެސްޓްހައުސްގެ އިތުރުން 16 ހޮޓަލާއި 173 ޓޫރިސްޓް އުޅަނދެވެ. މި ހުރިހާ ފެސިލިޓީތަކެއް އެއްކޮށްލުމުން ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިވަގުތު ރާއްޖޭގައި ޖުމްލަ 68,190 އެނދު ދަނީ ބޭނުންކުރަމުންނެވެ.