މިލިއުން ޝެއަރ ކުރައްވާ

ކޮމާޝަލް ފްލައިޓްތައް އަލުން ދިރުވުމަށް ނާސާއިން ހިމޭން ސުޕަސޮނިކް މަތިންދާ ބޯޓެއް ނެރެފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

ކޮމާޝަލް ސުޕަސޮނިކް ފްލައިޓް ދަތުރުކުރެވޭނެ ގޮތް ހެދުމަށް އެމެރިކާގެ ޖައްވީ އިދާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ނާސާއިން ވަނީ އެފަދަ ހިމޭން ސުޕަސޮނިކް މަތިންދާ ބޯޓެއް ނެރެފަ އެވެ.

އެމެރިކާގެ ކެލިފޯނިއާގެ ޕާމްޑޭލްގައި ހުންނަ ލޮކްހީޑް މާޓިން ސްކަންކް ވޯކްސްއާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ނާސާއިން ވަނީ މިއީ އެކްސް-59 މަރުކާގެ މަތިންދާ ބޯޓެއް ކަން ހާމަކޮށްފައެވެ.

ދިގުމިނުގައި 99.7 ފޫޓް އަދި ފުޅާމިނުގައި 29.5 ފޫޓު ހުންނަ މި މަތިންދާބޯޓުގައި ހުންނަނީ އޭގެ ފުރިހަމަ ދިގުމިނުގެ ތިންބައިކުޅަ އެއްބައި ހިމެނޭ ތުނި، ޓެޕަރޑް ނޯސްއެކެވެ.

މަތިންދާ ބޯޓުގެ ސުޕަސޮނިކް ގާބިލްކަން އިތުރުކުރުމުގެ ގޮތުން އިންޖިނިއަރުން ވަނީ ކޮކްޕިޓް ގެ ދިގުމިނުގައި ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ބަހައްޓައި، އާންމުކޮށް އެހެން މަތިންދާ ބޯޓުތަކުން ފެންނަ ފޯވާޑް ފޭސިން ވިންޑޯތައް ނަގައިފަ އެވެ.

ލޯންޗް އިވެންޓުގައި ކޮންފިގްރޭޝަންތައް ތަފްސީލުކޮށްދެއްވަމުން ނާސާގެ ޑެޕިއުޓީ އެޑްމިނިސްޓްރޭޓަރު ޕަމް މެލްރޯއީ ވިދާޅުވީ އެ ނިންމުން ނިންމީ ފްލައިޓްގެ އަޑުމަޑު ކުރުމަށް ކަމަށާއި ނަމަވެސް ހަގީގަތުގައި މިއީ އޭވިއޭޝަން ޓެކްނޮލޮޖީ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

“އެކްސްޓަރނަލް ވިޝަން ސިސްޓަމްގެ ސަބަބުން މުސްތަގުބަލުގައި އެއާކްރާފްޓް ޑިޒައިންތަކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އެބައޮތް، އެ ފޯވާޑް ފޭސިން ވިންޑޯ ނެތުމަކީ އިންޖިނިއަރިންގ ސަބަބުތަކަށްޓަކައި ފައިދާހުރި ކަމަކަށް ވެދާނެ، ” މެލްރޯއީ ވިދާޅުވި އެވެ.

މަތިންދާބޯޓުގެ ފަހަތުގައި ޝޮކް ވޭވްތައް އުފެދި، ސޮނިކް ބޫމްތައް އުފެދިގެން ނުދިއުމަށް ޓަކައި މަތިންދާބޯޓުގެ މަތީގައި ހަރުކޮށްފައިވާ އިންޖީނެއްގެ އިތުރުން ސްމޫތު އަންޑަސައިޑެއް ވަނީ ހަރުކޮށްފަ އެވެ.

ނާސާއިން ބުނީ އެކްސް-59 މަރުކާގެ ފުރަތަމަ ފްލައިޓް މި އަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެއަށްފަހު ފުރަތަމަ ސައިލެންޓް ސުޕަސޮނިކް ފްލައިޓް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ އެޖެންސީން ބުނީ ޓެސްޓް ފްލައިޓްތައް ނިމުމުން އެކްސް-59 އެމެރިކާގެ ބައެއް ސިޓީތަކަށް ދަތުރުކުރާނެ ކަމަށާއި އަދި ފްލައިޓްގެ ސަބަބުން އުފެދޭ އަޑަށް އާންމުންގެ ހިޔާލު ހޯދާނެ ކަމަށެވެ.

ފާއިތުވި 50 އަހަރު އެމެރިކާގައި ކޮމާޝަލް ސުޕަސޮނިކް ދަތުރުކުރުން މަނާކޮށްފައި ވަނީ އެތައް މޭލެއް ދުރުން އިވޭ ބާރުގޮވުމެއް ފަދަ އަޑާއިމެދު  އާންމުންގެ ކަންބޮޑުވުން ފާޅުކުރަންފެށުމުންނެވެ.

 ލޯންޗް އިވެންޓުގައި ނާސާގެ އެސޯސިއޭޓް އެޑްމިނިސްޓްރޭޓަރު ބޮބް ޕިއާސް ވިދާޅުވި ގޮތުގައި ގްރައުންޑް ފްލައިޓް ޓެސްޓިންއިން އެނގުނީ ސޮނިކް ބޫމެއްގެ ބަދަލުގައި ސޮފްޓް ތަމްޕެއް އުފައްދައިދޭނެ މަތިންދާ ބޯޓެއް ޑިޒައިން ކުރެވިދާނެ ކަމަށެވެ.”