މޯލްޑިވިއަން އިން މިއަންނަ އޭޕްރީލްމަހު ސްރީލަންކާއަށް ދަތުރުތައް ފަށާނެކަމަށް އައިލެންޑް އޭވިއޭޝަންއިން ބުުނެފިއެވެ. މިދަތުރުތަށް ފެށިގެން މިދަނީ ވަރަށްގިނަދުވަހުގެ މަސައްކަތުގެ ނތީޖާއިން ކަމަށްވެސް މޯލްޑިވިއަން ހާމަކުރައްވައެވެ. މިކަމުގެ ސަބަބުން ދެޤައުމުގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެކަމަށް އައިލެންޑް އޭވިއޭޝަންއިން ހާމަކުރެއެވެ.
މިއަދުން ފެށިގެން ޓިކެޓް ގަނެވޭނެކަމަށާއި ހަފްތާގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ދަތުރު އޮންނާނެކަމަށް ވެސް މޯލްޑިވިއަން އިން ވަނީ ހާމަކުރައްވާފައެވެ.