ތިލަފުށީގެ ފޭސް 2 އިން 108 ބިން ވިއްކުމުގެ ބީލަން މިއަދު ހުޅުވާލަިފިއެވެ. އެޗްޑީސީއިން އިއުލާނު ކޮށްފައިވާ ބިންތަކަކީ ސިނާއީ ބޭނުންތަކަށް ވިއްކާ ބިންތަކެއް ކަމަށެވެ. ބީލަން ކާމިޔާބުކުރާ ދިވެހިންނަށް ބިން މިލްކު ކުރެވޭނެއެވެ އަދި ރާއްޖޭން ބޭރުގެ ފަރާތެއްނަމަ ބިން ދޫކުރެވޭނީ 99 އަހަރަށް ކުއްޔަށެވެ. ބީލަމަށް ހުށަހެޅޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/1700 އެވެ.
ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ 3 ކެޓަގަރީއަކަށެވެ. ޓައިޕް 1. 2،500-4،999 އަކަފޫޓް 64 ބިމާއި ޓައިޕް 2. 5،000- 9،999 އަކަފޫޓް 42 ބިމާއި ޓައިޕް 3. 10،000- 14،999 އަކަފޫޓް 2 ބިމެވެ. އެޗްޑީސީގެ ވެބްސައިޓުން އޮންލައިންކޮށް ބީލަމަށް ރަޖިސްޓްރީކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ.
މިބިންތައްވިއްކައިގެން އެންމެ މަދުވެގެން ސަރުކާރަށް 660 އާއި 1.3 މިލިއަން ރުފިޔާ ދެމެދުގެ ނަފާއެއް ސަރުކާރަށް ހޯދޭނެއެވެ. އަދި ބީލަން ވާދަވެރިވެ އެންމެ ފައްކާ އަގު ބިންތަކައް ލިބިއްޖެނަމަ ޖުމްލަ 6 ބިިލިއަންގެ އާމްދަނީއެއް ސަރުކާރަށް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.