މިލިއުން ޝެއަރ ކުރައްވާ

ގެދޮރުހަދަން %5 އިންޓަރަސްޓްގައި ލޯނުދޭން ފަށަނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

5 އިންސައްތައަށްވުރެ ބޮޑޫނުވާގޮތަށް ގެދޮރުހެދުމަށްޓަކައި ވަރަށް އަވަހަށް ލޯނުތަކެއް ދޫކުރަންފަށާނެކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާޏު މިހެން ވިދާޅުވީ އަންނަ މަހު 21 ގައި އޮންނަ މަޖިލިސް އިންތިޚާބުގައި މައްޗަންގޯޅި މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ސިޓީކައުންސިލް މެމްބަރު އަޙްމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

އަދި މިލޯނަށްފަހު “ހޯމް ކޮމްޕްލީޝަން” އަދި “ރިނޮވޭޝަން ލޯން” އެއް ވެސް ފައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެންމެ އަވަހަށް ފެށިގެންދާނީ ގެދޮރުއެޅުމުގެ ލޯނު ކަމަށާއި ގެދޮރު ނިންމުމާއި މަރާމާޓުގެ ލޯނު އަދި ތަންކޮޅެއް ލަސްވެދާނެކަމުގައި ރައީސް ވިދާޅުވިއެވެ.