މިލިއުން ޝެއަރ ކުރައްވާ

ދުނިޔޭގެ ހަލާލް އިންވެސްޓްމަންޓްއަށް ލިބެމުން އަންނަ ކުރިއެރުންް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ވިޔަފާރީގެ އަޚްލާޤީ މިންގަނޑުތަކުގެ މުހިންމުކަން

އިންފްލުއެންސަރ މާރކެޓިން

ދުނިޔޭގެ ހަލާލު އިޤްތިސާދު 2025 ހަމަޔަށް 7.7 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ. 2015ގައި މިއަދަދުހުރީ 3.2 ޓްރިލިއަން ޑޮލަރުގައެވެ. އަދި މިއަދަދު 2020ގައި ހުރީ 5.7 ޓްރިލިއަންގައެވެ. މާނައަކީ 10 ވަރަކަށް އަހަރުގެ ތެރޭގައި ބާރު ދުވެލީގައި މިފަދަ ބޮޑު ކުރިއެރުމެއް ހޯދަމުން ދާކަމެވެ. އެހެންކަމުން  އޭގެ ސަބަބު ތައް ދެނެގަތުން މުހިންމު ކަމެއް ނޫންތޯއެވެ.

ޖެނެރަލް ކައުންސިލް ފޮރ އިސްލާމިކް ބޭންކްސް އަދި ފައިނޭންސިއަލް އިންސްޓިޓިއުޓްސްގެ ރިޕޯރޓްއެއް ބުނާގޮތުން ދުނިޔޭގެ އިސްލާމީ ފަންޑު ބާޒާރު 300 އިންސައްތަގެ ކުރިއެރުމެއް ލިބިފައިވާކަމަށެވެ. ރިޕޯޓުން ހާމަވީ ހަލާލް ނުވަތަ ޝަރިޔާ ކޮންޕްލައިންޓް އިންވެސްޓްމަންޓް ލިބެމުންދާ ތަރުހީބު ބޮޑުވަމުންދާކަމާއި ޑިމާންޑް އިތުރުވަމުންދާކަމެވެ.

ދީނުގައި އިންވެސްޓްކުރުން ހުއްދަނަމަވެސް، އާންމުކޮށް އިންވެސްޓަރުން އިންވެސްޓްކޮށް ޗާރޖުކުރާ އިންޓްރަސްޓް ނެގުން ހުއްދައެއްނޫނެވެ. އެހެންކަމުން އާދައިގެ ހާލަތެއްގައި އިންވެސްޓްކުރާ ބީދައިން އިންވެސްޓްކުރުމުގެ ފުރުސަތު މުސްލިމް އިންވެސްޓަރުންނަށް ވަރަށް ހަނިވެފައި ވަނިކޮށް ފުޅާދާއިރާއެއްގައި އިސްލާމީ އުސޫލްތަކާއި އެއްގޮތައް ފުޅާދާއިރާއްއްގައި އިސްލާމީ މާލީ ނިޒާމެއް ޤާއިމުކުރެވުނުތާ އަދި މިވަނީ 30 ވަރަކަށް އަހަރެވެ.

ހަލާލު އިންވެސްޓްމަންޓްއަކީ ކޮބާ؟

އަރަބިބަހުން ހަލާލް މިބަހުގެމާނައަކީ “ހުއްދަކުރެވޭ” އަދި މީގެ މާނައަކީ

 – އިންވެސްޓްމަންޓްގެ ބަދަލުގައި އިންޓްރަސްޓް ނޫނީ ރިބާ ނުނެގުން

 – ހަލާލުނޫން އެއްވެސް ވިޔަފާރިއެއް ކުރުމަށް އިންވެސްޓްކުރާ ފައިސާ ބޭނުން ނުކުރުން

 – އިންވެސްޓްކުރެވޭ ވިޔަފާރިއަކީ “غرر” ވިޔަފާރިއަކަށް ވެގެންނުވާނެއެވެ. މިސާލަކަށް  ޔަގީންކަންކުޑަ، ރިސްކު ބޮޑު އަދި ޗާންސްއަކަށް ކުރެވޭ ވިޔަވާރިއަކަށް ނުވުމެވެ.

އިގިރޭސިވިލާތުގެ އިސްލާމިކް ފައިނޭންސަިއަލް ކައުންސިލްގެ ޑައިރެކްޓަރ އުމަރު ޝޭހްގެ ބަހުންނަމަ ދީނުގައި ހުއްދަކުރާ އުސޫލްތަކުގެ އިމުގެ ތެރޭގައި ފައިސާ ނުވަތަ އިންވެސްޓްމަންޓްތައް މެނޭޖް ކުރުމެވެ. “މުސްލިމުން ޤަބޫލުކުރާގޮތަކީ މުޖްތަމާއަށް ނުވަތަ ފަރުދަކަށްވިޔަސް ގެއްލުން ނުލިބޭ ދީނީގޮތުން ބަލައިގަނެވޭނެ އުސޫލުތަކުގެ ތެރެއިން އާމްދަނީ ހޯދުމުގެ ރިވެތި އުސޫލެވެ.

ޝަރީޢާ ހުއްދަކުރާ އުސޫލްތަކަށް އިންވެސްޓްކުރާ އިރު މިފައިސާ ބަލަހައްޓާ މުއައްސަސާތަކުން ފައިސާ އިންވެސްޓްކުރަނީ މި އިމުގަތޯބެލުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި އެންމެ މުހިންމު ކަމެއް ގޮތުގައި މުޖުތަމާއަށް ނޭދެވޭ އަސަރެއްކުރާ އެއްވެސް އިންވެސްޓަމަންޓެއް ހަލާލް އިންވެސްޓްމަންޓްއެއް ކަމަށް ނުބެލެވޭނެކަމަށް އިސްލާމިކް ފައިނޭންސް ގްރޫޕް – އެތިސް ގެ ކޯފައުންޑަރ އުމަރު މުހުސިން ދެކެއެވެ.

މިސާލަކަށް ދުންފަތް  އުފައްދާކުންފުންޏަކަށް އިންވެސްޓްކުރުމަށް ބަލާއިރު ޝަރީއަތަށް ތަބާވާ ވިޔަފާރިއަކަށް ވީނަމަވެސް، އޭގެން މުޖްތަމައުއަށްކުރާ ނުކުސާނުގެ ބޮޑުކަމުން މިއީ ހަލާލު އިންވެސްޓަމަންޓެއް ގޮތުގައި ނުބެލެވޭނެކަމަށްވެސް މީނާ ދެކެއެވެ.

ހަލާލް އިންވެސްޓަމަންޓް ގެ އަސާސް އަކީ ކޮބާ؟

ހަލާލު އިންވެސްޓްމަންޓުގެ އެއް މިސާލަކީ އިސްލާމިކް ބިޒްނަސް ފައިނޭންސިން، މިއީ ފައިދާ ބަހާލުމާއި، ޝަރީއަތަށް ތަބާވާ އިންޝުއަރެންސް އަދި މިލްކުވެރިކަމުގެ ހިއްސާއެއް ތަމްސީލުކުރާ އިސްލާމީ މާލީ ސެޓްފިކެޓެއް ކަމަށްވާ ސުކޫކްގެ އާ މޮޑެލްތައް ބޭނުންކޮށްގެން މަސައްކަތްކުރާ ނިޒާމެކެވެ.

ކޮންވެންޝަނަލް ބޮންޑްތަކާ ހިލާފަށް – އިންޓަރެސްޓް ދެއްކުމަށްޓަކައި އިންވެސްޓަރުންނަށް ގަނެވޭ އައިއޯޔޫގެ ގޮްތްވެއެވެ. މީގެ ބަދަލުގައި ސުކޫކް އިންވެސްޓަރުންނަށް އިންވެސްޓްކުރާ ވިޔަފާރިއެއްގެ ބައެއް މިލްކުވެރިކަން ލިބި، އޭގެ ފަހުން ފައިދާގެ ފައިސާ ލިބެއެވެ.  އިންޓަރެސްޓްގެ ބަދަލުގައި އިންވެސްޓަރުންނަށް ލިބެނީ ޝަރީޢަތަށް ތަބާވާކަން ކަށަވަރުވާ ވިޔަފާރީގެ ނަފައެވެ.

“އިސްލާމީ މާލީ ދާއިރާއެއްގެ ގޮތުގައި ކިރިޔާ 30 އަހަރު ވެފައިވާއިރު، އެންމެ ބޮޑު ތަރައްގީއެއް ފެނިފައި ވަނީ، ފާއިތުވި 15 އަހަރު ތެރޭގައި” ކަމަށް ޔޫކޭއައިއެފްސީގެ ޝައިޚް ވިދާޅުވި އެވެ. “މިދާއިރާއިން ތައުލީމު ދިނުމާއި ހޭލުންތެރިކަން އުފެއްދުމަށް ވަގުތު ނަގާ ކަމަށާއި ހޭލުންތެރިކަން އިތުރުވަމުން އަންނަވަރަކަށް  ގިނަ ބޭންކުތަކުން ދަނީ ހަލާލް އިންވެސްޓްމަންޓްގެ ޑިމާންޑަށް ޚިދުމަތް ދިނުމަށް ފޯކަސްކުރަމުންނެވެ. މިއީ މާލީ ޕްރޮޑަކްޓްސް އިތުރަށް އުފެއްދުންތައް އުފެއްދުމަށް ހިތްވަރުދޭ ކަމެއް، އެކަމުގެ ސަބަބުން ކުރިއެރުންތައް ލިބިގެންދާނެއެވެ.”

ހަލާލު އިންވެސްޓްމަންޓް ގިނަވަމުން މިދަނީ ކީއްވެގެން ހެއްޔެވެ؟

ޑިސެމްބަރު 2022 ގައި ޝާއިއުކުރި ގޯލްޑްމަން ސެޗްސްގެ ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި 2075 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެންމެ ބޮޑު 10 އިގްތިސާދުގެ ތެރެއިން ފަސް އިގްތިސާދު ކަމަށްވާ އިންޑިއާ، އިންޑޮނޭޝިއާ، ނައިޖީރިއާ، ޕާކިސްތާން އަދި މިސްރުގައި މުސްލިމް އާބާދީގެ އަދަދު 850 މިލިއަނަށް ވުރެ މައްޗަށް އަރާނެ އެވެ.

އާބާދީ އިތުރުވަމުންދާ ވަރަކަށް މާލީ އުފެއްދުންތަކަށް އޮތް ޑިމާންޑް ވެސް އިތުރުވަމުންދާނެއެވެ. ރިސާޗް ގްރޫޕް ދީނާރު ސްޓޭންޑަރޑް އިން ޝާއިއުކުރި ސްޓޭޓް އޮފް ދަ ގްލޯބަލް އިސްލާމިކް އިކޮނޮމީ ރިޕޯޓް 2023 އިން ދައްކާ ގޮތުގައި 2022-23 ވަނަ އަހަރުގެ މާލީ އަހަރު ޝަރީއަތަށް ތަބާވާ އިންވެސްޓްމަންޓްތަކަށް ގާތްގަނޑަކަށް 25.9 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވެއެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 128 އިންސައްތަގެ ކުރިއެރުމެކެވެ.

“ހަލާލް އިންވެސްޓްމަންޓް އިތުރުވަމުންދާ ކަމަށް ހޭލުންތެރިކަން އިތުރުވަމުންދާވަރަކަށް.  އިންވެސްޓަރުން އެމީހުންގެ ފައިސާ ދުނިޔޭގެ އިޖުތިމާއީ އިގްތިސާދީ މަންޒަރަށް އަސަރުކުރާ ގޮތަށްވެސް މާ ހޭލުންތެރި،” ދުބާއީގައި ހުންނަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ޕްލެޓްފޯމެއް ކަމަށްވާ ސްމާޓްކްރައުޑްގެ ކޯ ފައުންޑަރ ސިއްދީގު ފަރީދު ވިދާޅުވި އެވެ. “އެމީހުން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ، އެހެންވެ އިތުރަށް އެތިކަލް އިންވެސްޓްމަންޓަށް މަގުފަހިވޭ، އޭގެ ސަބަބުން ހަލާލް އިންވެސްޓްމަންޓަށް އެދެވޭ ހެޔޮއަސަރުތަކެއް ކުރޭ. އެއީ ޚާއްސަކޮށް ޒުވާން ޖީލުގެ މިކަން ބަލައިގަނެ ތަރުހީބު ލިބެމުން އަންނަކަމެއް. މިލިނިއަލްސް، އިޖުތިމާޢީ ގޮތުން ވަރަށް ބޮޑަށް ހޭލުންތެރި އަދި ވަރަށްބޮޑަށް ވިސްނާ އެމީހުންގެ ފައިސާ ހޭދަކުރަނީ ކޮންކަމަކަށް ކަން”

ރާއްޖޭގެ ހާލަތު.

ހަލާލް އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުވުމާއި އެ ފުރުސަތުތައް ފަސޭހައިން ލިބޭނެ ގޮތްތައް ވެސް ޑިމާންޑް އިތުރުވުމަށް މެދުވެރިވާ ސަބަބުތަކުގެ ގޮތުގައި ފާހަގަ ކުރެވެ އެވެ. ރާއްޖޭގެ މާލީ ދާއިރާގައިވެސް ހަލާލް އިންވެސްޓްމަންޓްގެ ފުރުސަތުތައް ބޮޑުތަނުން ކުރިއަރަމުން އަންނަތަން ދަނީ ފެންނަމުންނެވެ. މި ކުރިއެރުމަށް ބާރު ލިބެނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފަދަ ގާއިމްކޮށްފައިވާ ނިޒާމުްތަކުގެ ސަބަބުންނެވެ. މިބޭންކްތަކުން ޝަރީޢަތަށް ތަބާވާ މާލީ ވަސީލަތްތަކަށް ޑިމާންޑް އިތުރުވަމުންދާ ތައާރަފްކުރަމުން ދެއެވެ. އޭގެ ތެރޭގައި ފައިދާ ހިއްސާކުރާ އުސޫލްތަކާއި، ސުކޫކް (އިސްލާމީ މިލްކުވެރިކަމުގެ ސެޓްފިކެޓް)، އަދި ޝަރީއަތަށް ތަބާވާ އިންވެސްޓްމަންޓް ފަންޑުތައް ހިމެނެއެވެ. އެމްއައިބީ އާއި ބީއެމްއެލް އިން ވެސް ހަރުދަނާ ހަލާލް ފައިނޭންސިން އިކޯސިސްޓަމްތައް މިނިވަންކަމާއެކު ތަރައްގީ ކުރުމުން ރާއްޖެއަކީވެސް އަކީ ސަރަހައްދުގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ ޕޮޓެންޝަލް ކުރި ހޯދަމުންދާ ގައުމެެއްކަން އެނގެއެވެ. އަދި ޒިންމާދާރު ހަލާލް އިންވެސްޓްމަންޓް ފުރުސަތުތައް ހޯދަން ބޭނުންވާ އިންވެސްޓަރުން ޝައުގުވެރިކަން ލިބެމުން އަންނަގައުމަކަށް ވެގެންދެއެވެ..

ހަލާލު އިންވެސްޓްމަންޓްތައް އިތުރުވުމަށް މެދުނުކެނޑި އިނޮވޭޝަން އާއި އެޑެޕްޓޭޝަން ގެންނަށް ޖެހެ އެވެ. އިސްލާމިކް ފައިނޭންސްގެ ޚާއްޞަ ކަންތައްތައް ފައިދާހުރި ގޮތެއްގައި ޙައްލުކުރުމަށްޓަކައި ރެގިއުލޭޓަރީ ފްރޭމްވޯކްތައް ތަރައްޤީކުރަންޖެހެއެވެ. އާޚިރުގައި ހަލާލް އިންވެސްޓްމަންޓްތަކުގެ މުސްތަގުބަލު ބިނާވެފައިވަނީ ދުނިޔޭގެ މާލީ މާހައުލުގެ ތެރޭގައި ކުރިއެރުމާއި ހާމަކަން ބޮޑުކަމާއި ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް އެއްބާރުލުންދޭ މާހައުލެއް އުފެއްދުމެވެ.