ވެއެތުވެދިޔަ ހަފްތާގައި ޗައިނާގެ 3 އެހީއެއް ރާއްޖެއަަށް ދީފިއެވެ. މިގޮތުން:
17 ރަށަކަށް ލެބޯޓްރީ އިކުއިޕްމަންޓް ހޯދުމުގެ އެއްބަސްވުމެއްގައި މިމަހުގެ 28ވަނަދުވަހު ސޮއިކޮށްފައެވެ. ޗައިނާގެ ސަފީރު ވަންގް ލިކްސިން އާއި މިނިސްޓަރު އޮފް ހެލްތު ޑރ. އަބްދުﷲ ހަލީލް ސޮއިކުރެއްވި މިއެއްބަސްވުމުގައިވާ ގޮތުގެ މަތިން ލެބްގެ ހިދްމަތައް ބޭނުންވާރަށްތަކަށް ލެބޯޓްރީ އިކުއިޕްމަންޓް ހޯދައޮދެވޭނެއެވެ. އަދި ވީއެންމެ އަވަހަކަށް އިތުރު 72 ރަށަކަށް އިކުއިޕްމަންޓް ހޯދައިދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް ޑރ. ޙަލީލް ކަށަވަރުކޮށްދިނެވެ. މިކަމުގެ މަޤްޞަދަކީ ލެބޯޓްރީގެ ޚިދުމަތް ނެތް ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ސިއްޙީ ޚިދުމަތުގެ ގޮންޖެހުންތައް ހައްލުކޮށްދިނުމެވެ.
މިހަފްލައިގާ ޗައިނާގެ ޝަންޑޮންގް ޕްރޮވިންސުން ހަދިޔާކުރި ސިވިލް ވެހިކަލްތައް ހަވާލުކުރައްވައިފިއެވެ. މި ވެހިކަލްތަކާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެ ވަޑައިގަތީ މިނިސްޓަރު އާދަމް ޝަރީފެވެ. މި ވެހިކަލްތަކަކީ ކުނި އެއްކުރުމާއި އެހެނިހެން މުނިސިޕަލް ބޭނުންތަކަށް ހާއްސަކޮށްފައިވާ ވެހިކަލްތަކެއް ކަމަށާއި، މިއީ ރަށްރަށުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް އެހީތެރިވެދޭ އެހީއެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
ވެއަތުވެދިޔަ ހަފްތާގައި ޗައިނާއިން ދީފައިވާ އަނެއް އެހީއަކީ 1،500 ޓަނުގެ ބޯފެނެވެ. މި ފެން ފޯރުކޮށްދިނުމަށް ނިންމީ ޗައިނާގެ ޒިޒާންގް އޮޓޮނޮމިކް ރީޖަންގެ ޗެއާމަން ޔާން ޖިންހައި މިދިޔަ ނޮވެމްބަރު މަހު ރައީސް ޑރ.މުހައްމަދު މުއިއްޒޫ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައިނ ބައްދަލު ކުރެއވުމަށް ފަހުއެވެ. ފޮރިން މިނިސްޓްރީން ވަނީ ފެން ޝިޕްމަންޓް ރާއްޖެއަށް އައިކަން ކަށަވަރުކޮށްދީފައެވެ.