މިލިއުން ޝެއަރ ކުރައްވާ

ވީއައިއޭގެ ބޮޑުތަސައްވުރު

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

މިހާރުގެ ރައީށް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމަށްއަިއތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގެ ބޮޑު 20 އަހަރުގެ ތަސައްވުރެއް ކުރައްސަވާ އިޢުލާނުކުރައްވާފައެވެ.

މިކަމުގެ ތެރެއިން ވީއައިއޭގެ ޚިދުމަތްތަކާއި، ސީޕްލޭންގެ ޚިދުމަތްތައް ފުޅާކުރުމާއި، މައި ޓަރމިނަލް އަދި ޑޯމެސްޓިކް ޓަރމިނަލް ތަރައްޤީކުރުން އެކުލެވިފައިވެއެވެ. މިގޮތުން ފާހަގަ ކުރެވޭ ކަންތައްތަކަކީ:

  1. ސީޕްލޭންގެ ޚިދުމަތް އެހެން ރަށަކަށް ބަދަލުކޮށް، އެ ރަށާއި ހުޅުލެއާ ބްރިޖަކުން ގުޅައިލާނެއެވެ. އެ ކަން ކުރުމަށްފަހު މޮނޮރެއިލް ނިޒާމަކުން އެ ރަށާއި، އެއާޕޯޓުގެ ދަތުރުފަތުުރު ގުޅައިލާނެއެވެ.
  2. ސީޕްލޭންގެ ޚިދުމަތަށް މިހާރު ވީއައިއޭގައު އޮތް ބިން ހިއްކާނެއެވެ. އަދި އެ ތަނުގައި މަތިންދާ ބޯޓު ޕާކުކުރުމަށް ޚާއްސަ އެޕްރަންތައް ގާއިމްކުރާނެއެވެ. އޭރުން އެއްފަހަރާ ޖުމްލަ 72 މަތިންދާ ބޯޓަށް ޚިދުމަތް ދެވޭނެއެވެ.
  3. އަދި އާ ޑޮމެސްޓިކް ޓާމިނަލް ގާއިމްކުރާނެއެވެ. އެގޮތުން އާ ޑޮމެސްޓިކް ޓާމިނަލް ތަރައްގީކުރަނީ ގަޑިއަކު 2،000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެހެންނެވެ.
  4. ޖެޓް ޓާމިނަލެއް ތަރައްގީކުރާނެއެވެ.
  5. އަދި މާލެ ކައިރި އޮތް ފުނަދޫ ގައި ހުރި ތެޔޮ ޓޭންކުތައް އެހެން ތަނަކަށް ރިލޮކޭޓުކޮށް، އެ ރަށުގައި ވެސް ޒަމާނީ ފެންވަރުގެ ފައިނޭންޝަލް ސެންޓަރެއް ތަރައްގީކުރާނެއެވެ. އަދި ކޮންވެންޝަން ސެންޓަރުތަކާއި ހޮޓާތައް ތަރައްގީކުރާނެއެވެ.
  6. އިތުރުން ވީއައިއޭގެ ކާގޯ ޓާމިނަލްގެ ކެޕޭސިޓީ، މަޝްރޫއު ނިމުމާ ހަމައަށް ދާއިރު 300،000 މެޓްރިކް ޓަނަށް އިތުރުވާނެއެވެ.
  7. އަދި ފިއުލް ފާމްގެ ކެޕޭސިޓީ މިހާރު ހުރި މިންވަރަށްވުރެ 120 ޕަސެންޓުން އިތުރުކުރާނެއެވެ. އޭރުން 100 މިލިއަން ލީޓަރަށް ފިއުލް ކެޕޭސިޓީ އިތުރުވާނެއެވެ.

މިއީ މިހާތަނަށް ކުރިއަށް ގެންދެވޭ އެންމެ ބިޔަ ތަރައްގީގެ މަޝްރޫއެވެ. މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލެވިއްޖެ ނަމަ އިގްތިޞާދަށް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެއެވެ.