މިލިއުން ޝެއަރ ކުރައްވާ

ލަންކާ ދެކޮޅު ޓިކެޓްގެ އަގަކީ 165 ޑޮލަރު: މޯލްޑިވިއަން

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރ: އީލޮން މަސްކް

ސަބްސްކްރިޕްޝަންގެ ހައްލަކަށް ބީއެމްއެލްއިން އަދިވެސް ބުނަނީ އަމިއްލައަށް ޑޮލަރު ހޯދައިގެން މުއާމަލާތް ކުރުމަށް

މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށްފި

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އޭްޕްރީލް 25 ވަނަ ދުވަހުން ފެށިގެން ދިވެހި ޤައުމީ އެއަރލައިނުން ކޮލަމްބޯއަށް ފަށާ ދަތުރުތަކުގެ ދެކޮޅު ޓިކެޓްގެ އެންމެ ކުޑަ އަގަކީ 165 ޑޮލަރުކަމުގައި އެކުންފުނިން ހާމަކޮށްފިއެވެ. އަދި މިދަތުރުގައި 30 ކިލޯ އާއި އެކު މީލްޕެކްވެސް ލިބޭނެއެވެ.

އަދި މިދަތުރުގައި ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުން ޚާއްސަ ލުއިތަކެއް ހަމަޖައްސާފައިވެއެވެ. އެހޮސްޕިޓަލުން ހިލޭ ޑްކްޓަރަށް ދެއްކުމާއި މެޑިކަލް ހިސްޓަރީ އިވެލުއޭޝަން ބެލުމާއި ބީއެމްއައި ބެލުމާއި ޑައިޓީޝަނަކަށް ދެއްކުމާއި ޑެންޓަލް އަދި ފެނުމުގެ ޓެސްޓް ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން އޯޕީޑީގެ ޚިދުމަތާއި ލެބޯޓްރީ ޓެސްޓްތަކުން 15 ޕަސެންޓްގެ ޑިސްކައުންޓްއާއި އެކްސްރޭއިން 5 ޕަސެންޓް ލިބޭނެއެވެ.

މިގޮތަށް މޯލްޑިވިއަންއިން ހަފްތާއަކު ދެދަތުރު ބުރާސްފަތި އަދި ހޮނިހިރު ދުވަހު ދަތުރުކުރާނެއެވެ. މިދަތުރު ކުރާނީ އެއާބަސް އޭ  320 މަތިންދާ ބޯޓުންނެވެ. މިދަތުރުތަކުގެ ޓިކެޓް އެއާލައިންގެ ވެބްސައިޓުންނާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަދި އޮފީހަށް ގޮސްގެންވެސް ޓިކެޓް ބުކް ކުރެވޭނެއެވެ.