މިލިއުން ޝެއަރ ކުރައްވާ

ޕްރައިވެޓް ސިއްހީ ފަރުވާއަށް ކުރާ ހަރަދުތައް ބޮޑުވުން ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު އަޅަނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ގެސްޓްރޯއެންޓޮރޮލޮޖިސްޓް ޑރ. ޑިއޭގޯއަށް ޓެލެމެޑިސިން މެދުވެރިކޮށް ދެއްކޭގޮތް ހަދައިފި

އީދަށް އަވި އައިނު ގަންނަން ރަނުގެ ފުރުސަތެއް!

ކަނޑޫދޫ މިރުހުގެ އަގު އަދިވެސް ދަނީ ދަށަށް

“ޔުނައިޓެޑް ބައި ޔުނީކް” ހަރަކާތުގައި ޓްރީ ޓޮޕް ބައިވެރިވެއްޖެ.

ސަރުކާރުގެ ހަރަދުތައް ބޮޑުވަމުންދާތީ ސިއްހީ ހިދުމަތްތައް އަގުހެޔޮކޮށްދިނުމަށް ފިޔަވަޅު އަޅަން ފަށައިފިއެވެ. އައިޖީއެމްއެޗް އާއި ދަރުމަވަންތަ ފަދަ ސަރުކާރު ހޮސްޕިޓަލްތަކުން ހިލޭ ފަރުވާ ލިބޭއިރު، ގިނަ ބަޔަކު ޓްރީޓޮޕް އަދި އޭޑީކޭ ފަދަ އަމިއްލަ ފެސިލިޓީތަކުގައި އަވަހަށް އެޕޮއިންޓްމަންޓްއާއި ސާޖަރީގެ ޙިދްމަތް ހޯދުމުން ދިޔަނަމަވެސް މީގެ ސަބަބުން ރައްޔިތުން ބޮޑެތި ހަރަދުތަކެއް ކުރަން މަޖުބޫރުވެއެވެ.

ރައްޖޭގެ ހެލްތު އިންޝުއަރެންސް ސްކީމް ކަމަށްވާ އާސަންދައިން ކޮންމެވެސް ވަރެއްގެ ކަވަރޭޖެއް ލިބޭ ނަމަވެސް، ހާއްސަކޮށް އަތޮޅުތަކުން މާލޭއަށް ދަތުރުކުރަން އުފަލަންޖެހޭ ތަކުލީފާއި ބުރައަކަށް ނިމުމެއް ނެތެވެ. މި މައްސަލަ ދެނެގަނެ، ސަރުކާރުން ދަނީ އަމިއްލަ ހޮސްޕިޓަލްތަކުގައި ޕެކޭޖުގެ އަގު ކަނޑައެޅުން ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމުގެ ސަބަބުން ސިއްހީ ހިދުމަތްތަކަށް ކަނޑައެޅިފައިވާ ރޭޓްތަކެއް ކަނޑައަޅައި، ބޮޑެތި އަގުތައް ނެގުން ކޮންމެސްވަރަކަށް ކޮންޓްރޯލް ކުރެވިގެންދާނެކަމަާށް ބެލެވެއެވެ.

އަމާޒަކީ ޕްރައިވެޓް ސިއްހީ ހިދުމަތްތައް ހޯދުން ފަސޭހަކޮށްދީ ރައްޔިތުންނަށް މާލީ ބުރަ ލުއިކުރުމުގެ އިތުރުން ސަރުކާރު ހޮސްޕިޓަލްތަކަށް ޕްރެޝަރު ކުޑަކުރުމެވެ. މި ފިޔަވަޅު ކާމިޔާބު ވެއްޖެ ނަމަ ސިއްޙީ ހިދްމަތަށް އިންތިޒާރު ކުރާ ވަގުތު ކުރުވެ، ރައްޔިތުންނަށް ފަސޭހައިން ސިއްހީ ހިދުމަތް ލިބޭނެ ގޮތް މަގުފަހިވާނެކަމަށް ބެލެވެއެވެ.