މިލިއުން ޝެއަރ ކުރައްވާ

ޗައިނާގެ އިމްޕޯޓް 55 ޕަސެންޓް އިތުރުވެއްޖެ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެކްސިޑެންޓެއް ހިނގައިފި، ތަހުގީގު ކުރަން ފަށައިފި” – މިހިސާބުން ނިންމާލެވޭކަށް ނެތް…

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ފާއިތުވި ޖެނުއަރީ މަހު ޗައިނާއިން ރާއްޖެއަށް މުދާ އިމްޕޯޓްކުރި މިންވަރު 55 ޕަސެންޓް އިތުރުވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުން — ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް އަމަލުކުރަން ފެށުމާއެކު މިދިޔަ ޖެނުއަރީ މަހު އެ ގައުމުން އެއް ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓްކުރި އެވެ.
ޗައިނާއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރީ 671 މިލިއަން ރުފިޔާގެ މުދަލެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ޗައިނާއަކީ މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެ ކުރި ގައުމެވެ. އެކަމަކު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗައިނާ އޮތީ ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި ގައުމުތަކުގެ ލިސްޓުގެ ހަތަރު ވަނައިގަ އެވެ.
ޗައިނާ-ރާއްޖެ އެފްޓީއޭއާއެކު އެ ގައުމުން ރާއްޖެ އެތެރެކުރާ ބައެއް ބާވަތްތަކުގެ މުދަލުން ޑިއުޓީ މައާފުވެ އެވެ.
އެފްޓީއޭގެ ކުރިން ރާއްޖެ އާއި ޗައިނާއާ ދެމެދު އަހަރަކު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭއިރު އެފްޓީއޭއާއެކު މި އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.