މިލިއުން ޝެއަރ ކުރައްވާ

އުރީދޫއިން 3.43 ރުފިޔާ އެ ކުންފުނީގެ ހިއްސާތަކަށް ބަހަނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އާޓިފިޝަލް އިންޓެލިޖެންސްގެ އިންގިލާބީ ކުރިއެރުންތަކާއެކު ދުނިޔޭގެ މަސައްކަތުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

އުރީދޫ މޯލްޑިވްސްއިން ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.43 ރުފިޔާ ފައިދާގެ ގޮތުގައި ބަހަން ފާސްކޮށްފިއެވެ.

އެ ޖަލްސާ އޮތީ ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ މައި އޮފީހުގައެވެ.

އުރީދޫއިން ބޭއްވި މި އަހަރީ ޖަލްސާގައި އެ ކުންފުނީގެ މުޅި ހިއްސާގެ 90.85 އިންސަތަ ބައިވެރިން ބައިވެރިވިކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން އެ ޖަލްސަގައި 74 ހިއްސާދާރުން ބައިވެރި ވެފައިވެއެވެ. އަދި އޭގެ ތެރެއިން 60 ހިއްސާދާރުން ބައިވެރިވެފައިވަނީ އަމިއްލައަށެވެ. އަދި 11 ޕުރޮކްސީން އަނެއް 14 ހިއްސާދާރުން ތަމްސީލުކުރުރިކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ، އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ މިދިޔަ އަހަރު ޑިސެންބަރު 15ވަނަ ދުވަހު ބޭއްވި ޖަލްސާގެ ޔައުމިއްޔާ އެ ކުންފުނިން ފާސްކުރި ކަމަށެވެ. އަދި އޭގެ އިތުރުން މިދިޔަ އަހަރު އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާއި އޮޑިޓަރުންގެ ރިޕޯޓާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓުތައް ވެސް ފާސް ކުރި ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މި ޖަލްސާގައި ވަނީ މި އަހަރު އޮޑިޓަރުންގެ ގޮތުގައި ކޭޕީއެމްޖީ އައްޔަންކުރުމާއި އެ ފަރާތުގެ ފީ ވެސް ފާސް ކޮށްފައެވެ.

އެ ކުންފުނިން ބުނީ ރޭގެ ޖަލްސާގައި އުރީދޫގެ މައި ހިއްސާދާރު ކަމަށްވާ ވަތަނިއްޔާ އިންޓަނޭޝަނަލް ތަމްސީލުކުރައްވާ ބޭފުޅުން ވެސް އުރީދޫގެ ބޯޑަށް އަލުން ހޮވާފައިވާކަމަށެވެ. އެ ހޮވި ބޭފުޅުންނަކީ ޖޯޖް ބޮވްރިން ޗެލެނާއި، ވިކްރަމް ސިންހާ އަދި މޯޒާ މުހައްމަދު އޭވައި ދާވިޝްއެވެ.