މިލިއުން ޝެއަރ ކުރައްވާ

“އީދު ބައިބަލާ ޗެލެންޖް 1446” ގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ދުނިޔޭގެ ރަސްކަން ހޯދައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފޯރިގަދަ ނިމުމަކަށް

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގައި ސްޕެއިނާއި އާޖެންޓީނާ

ކޮންމެ އަހަރަކު ވެސް ފިތުރު އީދާ ގުޅުވައިގެން ރާއްޖޭގައި ބާއްވާ “އީދު ބައިބަލާ ޗެލެންޖް” ގެ މި އަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މިމަހުގެ ފުރަތަމަ ދުވަހު ފެށި ބައިބަލާ ޗެލެންޖު މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށްދާނެ އެވެ.

މި މުބާރާތަކީ ރާއްޖޭގެ ގިނަ ކްލަބްތަކުން ދުރާލާ ތައްޔާރުވެގެން ބައިވެރިވެ ވަރަށް ފޯރީގައި ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ މުބާރާތެކެވެ.

ބައިބަލާއަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ކުޅިވަރަކަށްވެފައި، މި މުބާރާތަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލަމުންގެންދާ މުބާރާތެއްކަން ދިރާގުން ވަނީ ފާހަގަކޮށްފަ އެވެ.

ދިރާގަކީ ރާއްޖޭގައި އެކިއެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

މި ގޮތުން އެކި ފަރާތްތަކާ ގުޅިގެން މިފަދަ އިވެންޓްތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ދިރާގުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.