މިލިއުން ޝެއަރ ކުރައްވާ

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެކްސިޑެންޓެއް ހިނގައިފި، ތަހުގީގު ކުރަން ފަށައިފި” – މިހިސާބުން ނިންމާލެވޭކަށް ނެތް…

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

ތިލަމާލެ ބްރިޖު މަޝްރޫޢުގެ ސިޔާސީ ބަހުސް

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ) އިން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކުރިއެރުންތަކެއް ހޯދައި، ބޭންކުގެ މާލީ ހާލަތު އިތުރަށް ވަރުގަދަކޮށްފިއެވެ. އެ ބޭންކުން އާންމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު، ދެވަނަ ކުއާޓަރު ނިމުނުއިރު ބޭންކުގެ ޖުމްލަ އެސެޓްގެ އަގު ވަނީ 19 ބިލިއަން ދިވެހި ރުފިޔާއަށްވުރެ މައްޗަށް އުފުލިފައެވެ. މިއީ ކުރީގެ ކުއާޓަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ކަމަށް ބޭންކުން މައުލޫމާތުދެއެވެ. މީގެއިތުރުން، ކަސްޓަމަރުން ބޭންކުގައި ފައިސާ ރައްކާކުރާ މިންވަރު ނުވަތަ ޑިޕޮސިޓްތައް ވަނީ އިތުރުވެ، ބޭންކަށް ލިބުނު ފައިދާވެސް ވަނީ އިތުރުވެފައެވެ.

އެމް.އައި.ބީ އިން ބުނި ގޮތުގައި މާލީ ގޮތުން ލިބުނު މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ކަސްޓަމަރުންގެ އިތުބާރު އިތުރުވުމާއި، ޑިޖިޓަލް ބޭންކިންގް ހިދުމަތްތައް ފުޅާކޮށް، އާންމުންނަށް ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ބޭންކިންގް ހިދުމަތްތައް އިތުރަށް ފުޅާކޮށް، އާންމުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން އިސްލާމީ ޝަރީއަތުގެ ހަމަތަކުގެ މަތިން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް އެމް.އައި.ބީ އިން ވަނީ ހާމަކޮށްފައެވެ.