މިލިއުން ޝެއަރ ކުރައްވާ

ޕެނަލް ޑިސްކަޝަނަކާއެކު އުރީދޫ ދުނިޔޭގެ ރިކޯޑް ފޮތަށް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އާޓިފިޝަލް އިންޓެލިޖެންސްގެ އިންގިލާބީ ކުރިއެރުންތަކާއެކު ދުނިޔޭގެ މަސައްކަތުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ދުނިޔޭގެ ރަސްކަން ހޯދައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފޯރިގަދަ ނިމުމަކަށް

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ކަނޑުއަޑީގައި އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައި، އުރީދޫ މޯލްޑިވްސްއިން ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

ބ. ފުޅަދޫ ކައިރިން ކަނޑު އަޑީގައި ބޭއްވި މި އިވެންޓުގައި ބައިވެރިވި 20 މީހުންގެ ތެރެއިން ޕެނަލިސްޓުންގެ ތެރޭގައި ހަރަކާތްތެރިވި ފަސް މީހުން ވަނީ ގިނިސް ވޯލްޑް ރިކޯޑް ހެދުމުގެ ގޮތުން ކޮންމެ މީހަކު ވެސް ދެ މިނެޓަށް ވުރެ ގިނައިރު ކަނޑުއަޑީގައި ވާހަކަ ދައްކައިފަ އެވެ.

އެ ޕެނަލިސްޓުންނަކީ:

– ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

– އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ

– އެމްއެންޑީއެފް އިން ބްރިގޭޑިއާ ޖެނަރަލް މުހައްމަދު ސަލީމް

– އުރީދޫގެ އޮޕަރޭޝަންސް ޑިރެކްޓަރު ޝަބީން އަލީ

– އުރީދޫގެ ޓްރާންސްމިޝަން، ސީނިއާ މެނޭޖަރު އަފްޝީން މުހައްމަދު

އުރީދުން އިން ބުނިގޮތުގައި އެ ޕެނަލް ޑިސްކަޝަންގައި ވަނީ ޓެކްނޮލޮޖީ އާއި އިނޮވޭޝަނަށް އަލިއަޅުވާލައިފަ އެވެ. އަދި މި ކާމިޔާބީގެ ސަބަބުން އުރީދޫ މޯލްޑިވްސްއަކީ ހަމައެކަނި ޓެލެކޮމްގެ ހިދުމަތްދޭ ކުންފުންޏެއް ނޫން ކަމަށާއި ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް ބައްޓަން ކުރަމުންދާ ޗޭންޖްމޭކަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްގެ ދައުރު ބޮޑުކަން ހާމަވާ ކަމަށް އެ ކުންފުނިން ބުންޏެެވެ.

އެ ކުންފުނީގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މިއީ ހަމައެކަނި ރިކޯޑެއް ހެދުން ނޫން ކަމަށާއި މިކަމަކީ އިނޮވޭޝަންގައި އެއްވެސް ލިމިޓެއް ނެތްކަން ސާބިތުކޮށް ދިނުން ކަމަށެވެ.

“ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ޕެނަލް ޑިސްކަޝަން ބޭއްވުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. މިއީ ޓެކްނޮލޮޖީ، ހިތްވަރާއި އުފެއްދުންތެރިކަމާ ގުޅިއްޖެ ނަމަ، އަޅުގަނޑުމެން ހީކުރި މިންވަރަށް ވުރެ އިތުރަށް ގެންދެވޭނެ ކަމުގެ ރަމްޒެއް.” އޭނާ ވިދާޅުވި އެވެ.

އުރީދޫއަކީ ޓެކްނޮލޮޖީގެ ކުރިއެރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އެއް ކުންފުންޏެެވެ. މިއީ 3ޖީ އާއި 4ޖީ އަދި 5ޖީ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކޮށް މީހުން ގުޅުވައިދިނުމާއި އުނގެނުމާއި މަސައްކަތްކުރާ ގޮތަށް އިންގިލާބީ ބަދަލެއް ގެނެސްދިން ކުންފުންޏެކެވެ.

އެ ކުންފުންޏަކީ ޑިޖިޓަލް ޓްރާންސްފޯމޭޝަނެއް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅޭ އެއް ކުންފުންޏެވެެ.

އުރީދޫން ހޯދި ދުނިޔޭގެ ރެކޯޑާއެކު ކަނޑުގެ އަޑިން ފެށިގެން 5ޖީ ޓެކްނޮލޮޖީއާ ހަމައަށް އުރީދޫ އިން ދެމި އޮންނާނީ އިންކްލޫސިވް އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ މަސައްކަތުގައި ސާބިތުކަމާ އެކީގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ދަނީ އަމިއްލަ ފަރުދުންނާއި ސިނާއަތްތަކަށް ހުރި ފުރުސަތުތައް އިތުރުކުރަމުންނެވެ.