މިލިއުން ޝެއަރ ކުރައްވާ

އައްޑޫގައި ބާއްވާ އުރީދޫ ފަންރަންގައި ރަޖިސްޓާވާން ހުޅުވާލައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެމް.އައި.ބީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެ، ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފި

ދުނިޔޭގެ ރަސްކަން ހޯދައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފޯރިގަދަ ނިމުމަކަށް

ސްޓްރައިޕް އާއި އެޑްވެންޓުން ޕޭޕަލް ގަންނަން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ ބިޑާއެކު ފިންޓެކް ދާއިރާ ހަލަބޮލިވެއްޖެ

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގައި ސްޕެއިނާއި އާޖެންޓީނާ

ރާއްޖޭގެ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫވެރިފައިވާ، އުރީދޫ ފަންރަންގެ އައްޑޫ ސިޓީގައި ބާއްވާ ދުވުމުގައި ބައިވެރިވާން ފުރުސަތު ހުޅުވާލަައިފިއެވެ.

އުރީދޫ ފަން ރަން މި އަހަރު ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 27ގައި އައްޑޫ ސިޓީ މަރަދޫގައެވެ.

އެ ދުވުމުގެ ބައިވެރިންނަށް ދެ ކިޓް އޮޕްޝަނެއް އިޚްތިޔާރު ކުރެވޭނެ:

  • 210 ރުފިޔާއަށް ސްޓޭންޑާޑް ކިޓްސް: ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ހިމެނޭނެ
  • 110 ރުފިޔާއަށް ފަން ކިޓްސް: ފަން ރަން ޓީޝާޓް، ރިސްޓްބޭންޑް، އައިގްލާސް އަދި މަލްޓިޕާޕަސް ބަންޑާނާ ލިބޭނެ

އެ ދުވުމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 16ވާ ބުރާސްފަތި ދުވަހުގެ 23:59ގެ ނިޔަލަށް އޮންނާނެއެވެ. އަދި ޖާގަތައް ފުރުމުގެ ކުރިން ކުރީބައިގައި މޫލީ މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އުރީދޫން ވަނީ ދައުވަތުދީފައެވެ.

އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އެ ކުންފުނިން ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ވަރަށް ފޯރިގަދަކޮށް ބޭއްވި މި ހަރަކާތްތަކުގެ ބައިވެރިންގެ އަދަދު 6500 އަށްވުރެ އިތުރުކަން އުރީދޫން ފާހަގަކޮށްފައިވެއެވެ.

ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމޭއިރު ހުންނަ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެނާއި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.