މިލިއުން ޝެއަރ ކުރައްވާ

ޖޫން މަހު މީރާއަށް އާމްދަނީގެ ގޮތުގައި 2.92 ބިލިއަން ރުފިޔާ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

އެކްސިޑެންޓެއް ހިނގައިފި، ތަހުގީގު ކުރަން ފަށައިފި” – މިހިސާބުން ނިންމާލެވޭކަށް ނެތް…

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

އާޓިފިޝަލް އިންޓެލިޖެންސްގެ އިންގިލާބީ ކުރިއެރުންތަކާއެކު ދުނިޔޭގެ މަސައްކަތުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ޖޫން މަހު އާމްދަނީގެ ގޮތުގައި 2.92 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީއަށްވުރެ 10.1 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށްވުރެ 14.7 އިންސައްތަ މަތީ އަދަދެއް ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. ޖޫން މަހުގެ އާމްދަނީ މިގޮތަށް މަތިވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއާއި ބޭންކް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. މީގެ އިތުރުން މިދިޔަ މަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރޭގައި 118.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މިދިޔަ މަހުވެސް މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. ޖީއެސްޓީން އެކަނިވެސް އެއް ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖޫން މަހު ލިބުނު ޖުމްލަ އާމްދަނީގެ 37.2 އިންސައްތައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނު އިންކަމް ޓެކްސްއިން 799.1 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 411 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 157 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 135 މިލިއަން ރުފިޔާ، އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 134 މިލިއަން ރުފިޔާ މީރާއަށް ވަނީ ބަލައިގެންފައެވެ.