މި ފަހަރުގެ ވޯލްޑް ކަޕަކީ ތާރީޚުގައިވެސް އެންމެ ގިނަ ޓީމު ބައިވެރިވި މުބާރާތެވެ. 48 ޓީމާއެކު ކުރިއަށް ދިޔަ މި މުބާރާތުގައި ގިނަ ހައިރާންކުރުވަނިވި ނަތީޖާތަކެއް ފެނިގެން ދިޔައިރު، ގްރޫޕް ސްޓޭޖުން ފެށިގެން ގޮސް ފައިނަލާ ހަމައަށްވެސް ކުޅިވަރުގެ ފޯރި އޮތީ އެންމެ މަތީ ދަރަޖައެއްގައެވެ. ދިފާޢީގޮތުން އެންމެ ވަރުގަދަ ކުޅުމެއް ދެއްކި ސްޕޭން ޓީމުން މުޅި މުބާރާތުގައިވެސް ބައިކޮޅަށް ވަނީ އެންމެ ލަނޑެކެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ޗެމްޕިއަން ޓީމަކުން ދެއްކި އެންމެ ރަނގަޅު ދިފާޢީ ރެކޯޑެވެ.
އަނެއްކޮޅުން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ފައިނަލާ ހަމައަށް ކުރި ދަތުރުގައި ވަނީ ބުރަ އަދި އުނދަގޫ މެޗުތަކެއް ކުޅެފައެވެ. ނަމަވެސް ފައިނަލް މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގައި އެންޒޯ ފެނާންޑޭޒްއަށް ދެއްކި ރަތް ކާޑާއެކު އާޖެންޓީނާއިން މެޗުގެ އިތުރުވަގުތު ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ. ސްޕޭނުގެ ޒުވާން ކުޅުންތެރިން ކަމަށްވާ ލަމީން ޔަމާލް އަދި ކުބާރްސީގެ މޮޅު ކުޅުމާއެކު، ސްޕޭނުން ވަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގައި އެޓީމުގެ ނަން އަލުން ރަން އަކުރުން ފަވާލާފައެވެ.