މިލިއުން ޝެއަރ ކުރައްވާ

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ދެ ގުނަ މައްޗަށް

އިޝްތިހާރު

އެކްސިޑެންޓެއް ހިނގައިފި، ތަހުގީގު ކުރަން ފަށައިފި” – މިހިސާބުން ނިންމާލެވޭކަށް ނެތް…

ބަޖެޓް ޑެފިސިޓް 950 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބާވީހުން މަތީގައި

ތިލަމާލެ ބްރިޖު މަޝްރޫޢުގެ ސިޔާސީ ބަހުސް

މިއަހަރުގެ މިހާތަނަށް ކްރޫޒް ފަސިންޖަރުންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެ ގުނައަށް ވުރެ އިތުރުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ކްރޫޒް ލައިނާތަކުން މިއަހަރުގެ މިހާތަނަށް 15،500 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކްރޫޒް ޝިޕްތަކުގައި އައިސްފައިވަނީ 8،000 އެއްހާ ޓޫރިސްޓުންނެވެ. މިއީ ގާތްގަނޑަކަށް 87 އިންސައްތައިގެ އިތުރުވުމެކެވެ.

ފާއިތުވި އަހަރުތަކުގެ ހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު މުޅި އަހަރު ދުވަހު ކްރޫޒް ލައިނާތަކުން އައީ 12،217 ފަސިންޖަރުންނެވެ. އަދި 2025 ވަނަ އަހަރު އެ އަދަދު 8،263 އަށް ދަށްވި ނަމަވެސް، މިއަހަރުގެ ފުރަތަމަ މަސްތަކުގައި އެކަނިވެސް ވަނީ ފާއިތުވި ދެ އަހަރުގެ މުޅި ޖުމްލައަށްވުރެ ގިނައިން ކްރޫޒް ފަތުރުވެރިން އައިސްފައެވެ. މިއަހަރު އެންމެ ގިނައިން ކްރޫޒް ޓޫރިސްޓުން އައީ ފެބްރުއަރީ މަހު (5،237 ފަތުރުވެރިން) އަދި މާޗް މަހު (4،049 ފަތުރުވެރިން) އެވެ.

ކްރޫޒް ލައިނާތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް، ރާއްޖެއަށް މުޅިއެކު އައިސްފައިވާ ޓޫރިސްޓުންގެ އާންމު އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ކުޑަކޮށް ދަށްވެފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.20 މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 1.30 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މިއީ 4.5 އިންސައްތައިގެ ދަށްވުމެކެވެ. މިއީ މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާއި ހަނގުރާމައިގެ ސަބަބުން ދާއިރާއަށް އައި ލޮޅުމެކެވެ.

އޭގެ ކުރީ އަހަރުތަކަށް ބަލާއިރު، 2023 ވަނަ އަހަރު މުޅި އަހަރު ރާއްޖެއަށް އައީ 1.88 މިލިއަން (1,875,543) ފަތުރުވެރިންނެވެ. 2024 ވަނަ އަހަރު އެ އަދަދު 2.05 މިލިއަން (2,046,615) އަށް އުފުލި، 8.7 އިންސައްތައިގެ ކުރިއެރުމެއް ހޯދިއެވެ. އަދި 2025 ވަނަ އަހަރު ނިމުނުއިރު 2.25 މިލިއަން (2,246,516) ފަތުރުވެރިންނާއެކު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ތާރީޚީ ރެކޯޑެއް ހަދާފައެވެ.