ވަޓްސް އެޕްގައި ނުކިޔާ ހުންނަ މެސެޖްތަކާއި ގްރޫޕް މެސެޖްތައް ތަރުތީބު ކުރެވޭ ގޮތް ހަދައިފިއެވެ. މިކަމުގެ ސަބަބުން އެޕްލިކޭޝަން ބޭނުންކުރާ މީހުންނަށް ވަރަށް ބޮޑަް ފަސޭހަވެގެންދާނެކަމަށް ބެލެވެއެވެ. މިއާ ފީޗަރގެ ސަބަބުން މެސެޖްތައް ހޯދަން ތިރިއާއި މަތި ބެލުމުގެ ބަދަލުގައި މުހިއްމު މެސެޖްތައް އބަބދުވެސް ޗެޓްގެ އެންމެ މަތިން ފެންނާނެއެވެ. މިގޮތަށް މިކަންކަން ވަޓްސްއެޕްގެ ހުރިހާ ޔޫޒަރުންނަށް ވަރަށްއަވަހަށް ލިބިގެންދާނެކަމުގައި ވަޓްސްއެޕުން ހާމަކުރެއެވެ.
މިކަން އިއުލާނުކުރީ ވަޓްސްއެޕުން ބްލޮގް ޕޯސްޓެއް މެދުވެރިކޮށެވެ. މިއާފީޗަރގެ ބޭނުމަކީ އެއްފަހަރާ ނުކިޔޭ ހުރިހާ އެއްޗެއް ފަހުން ބަލާލުމުގެ ބޭނުމުގައެވެ. މިފީޗަރގެ ދަށުން 3 ބަޔަކަށް ޗެޓްތައް ބަހާލެވޭނެއެވެ. އެގޮތުން ގްރޫޕް، ނުކިޔާ މެސްޖ، އަދި ހުރިހާ މެސެޖެއް ފެންނަ އޮޕްޝަންސްވެސް ހިމެނެއެވެ.