އެސްޑީއެފްސީ އާއި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ގުޅިގެން، މިއަހަރު އަލަށް ތައާރަފްކުރި 2 ޕްރޮޑަކްޓްކަމަށްވާ ފަށާ މަދަދު ލޯން އަދި ފަށާ މަދަދު ލީސިން އަމާޒަކީ އަންހެނުން ބާރުވެރިކުރުވުންކަމުގައި އެކުންފުނިން ހާމަކޮށްފައިވެއެވެ.
“ފަށާ މަދަދު” ލޯނުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވަނީ، އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ޚިދުމަތްލިބިދިނުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށެވެ. މި ޕްރޮގްރާމްއަށް ޝަރުތުހަމަވާ ފަރާތްތަކަަށްް 12 މަހުގެ ގްރޭސް ޕީރިއަޑްއަކާއެކު %6 އިންޓްރަސްޓްރޭޓްގައި 1 ލައްކައާއި 5ލައްކައާއި ދެމެދުގެ ލޯނު ދޫކުރެވޭނެއެވެ. 7 އަހަރުތެރޭ އަނބުރާ ދެއްކުމަށް ދޫކުރެވޭ ލޯނުން 5ލައްކަ ރުފިޔާ ނަގައިފިނަމަ ގްރޭސް ޕީރިއްޑަށްފަހު މަހަކު ދައްކަންޖެހޭނީ ގާތްގަނޑަކަށް -/8300 ރުފިޔާއެވެ.
“ފަށާ މަދަދު ލީޒިން” ސްކީމްގެ މަޤްސަދަކީ ދިވެހި ކަނބަލުންގެތެރެއިން އަމިއްލަ މަސައްކަތް ކުރާފަރާތްތަކާއި، ފްރީލާންސްކޮށް އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، އެފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމެވެ. 8 ޕަސަންޓް އިންޓްރަސްޓުގައި 10ހާސްރުފިޔާއާއި 1 ލައްކަ ރުފިޔާއާއި ހަމައަށް ނެގޭ މިލޯންއަށް 6 މަސްދުވަހާއި ހަމަށް ގްރޭސްޕީރިއަޑް އެއް ލިބެއެވެ. އަދި ލޯން އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއްލިބެއެވެ.
އަންހެނުންނަށް އަމާޒުކޮށްްވައިވާ މިލޯންތަކުން ސަރުކާރުގެ ހަފްތާ 14 ގެ ވައުދުތަކާއި ގުޅިފައިވާ ހަރަކާތެއްކަމަށް މާލީވުޒާރާއިން ފަހަގަކުރާއިރު ނޫސްތަކުން ހަބަރުވިދާޅުވާ ފަރާރްތަކާއި އެކްސްގެ ކޮމެންޓުތައް ބޮޑަށް ބުރަވަނީ މި 2 ޕްރޮގްރާމްއަކީ އަންނަ އެޕްރީލްމަހު ބޭއްވޭ ރައްޔިތުންގެ މަޖްލީހުގެ އިންތިހާބަަށް އަމާޒުކުރެވިފައިވާ ޕްރޮގްރާމްއެއް ކަމަށެވެ. ސްކީމްގެ މަގްސަދާއި މެދު ބަޔަކު ސުވާލު އުފެއްދިނަމަވެސް އަންހެނުން ބާރުވެރިކުރުމަށް ތައާރުފް ކުރެވޭ ޕްރޮގްރާމްއެއްގައި އިންޓްރަސްޓްރޭޓް މިއަށްވުރެ ކުޑަކުރެވިފައިވާނަމަ ހަގީގަތުގައިވެސް މީގެ މަޤްސަދު ހާސިލްވުން ގާތެވެ. ޖަޕާން ފަދަ ޤައުމުތަކުގައި ސަރުކާރުން ދޫކުރާ މިފަދަލޯންތަކުގެ އިންޓްރަސްޓް ހުންނަނީ %1.2އާއި %4 އާއި ދެމެދުގައި ހިފެހެއްޓިފައެވެ.
މިއަހަރުގެ މާރޗްމަހުގެ 3 އިންފެށިގެން އެސްޑީއެފްސީ ކަސްޓަމަރ ޕޯޓަލުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވޭ މިދެ ޕްރޮގްރާމްގެ ޖުމްލަ 100 މިލިއަން ރުފިޔާ ކަނޑައެޅިފައިވާ ކަމަށް އެސްއެފްޑީސީއިން އިން ބުނެއެވެ.