މިލިއުން ޝެއަރ ކުރައްވާ

31.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާއެކު ސޮވަރިން ވެލްތް ސްޕެންޑިން ލީގުގެ އެއްވަނައަށް ސައުދީ އަރަބިއްޔާ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

ކޮންސަލްޓެންސީ ގްލޯބަލް އެސްޑަބްލިއުއެފް އިން އެކުލަވާލި ސޮވެރިން އިންވެސްޓްމަންޓް ފަންޑް ސްޕެންޑިންގެ އަހަރީ ރޭންކިންގެ އެއްވަނަ ފުރަތަމަ ފަހަރަށް ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު (ޕީއައިއެފް) ހޯދައިފި އެވެ.

ސައުދީ އަރަބިއްޔާގެ ސޮވެރިން ވެލްތް ފަންޑުން ވަނީ އެހެން އަހަރުތަކާއި ހިލާފަށް ހީތްރޯގެ ހިއްސާއިން ފެށިގެން އެމެރިކާގެ ގޭމިން ކުންފުންޏެއްގެ މިލްކުވެރިކަމާ ހަމައަށް ކުރާ އިންވެސްޓްމަންޓްތަކަށް 31.5 ބިލިއަން ޑޮލަރު (24.7 ބިލިއަން ޕައުންޑް) ހޭދައެއްކޮށްފަ އެވެ.

ޕީއައިއެފްއިން ކުރި އިންވެސްޓްމަންޓަކީ 2023 ވަނަ އަހަރު ދުނިޔޭގެ ހުރިހާ ސޮވެރިން ވެލްތް ފަންޑުން ޖުމްލަ 123.8 ބިލިއަން ޑޮލަރު (97.2 ބިލިއަން ޕައުންޑް) ހަރަދުކުރި މިންވަރުގެ ހަތަރުބައިކުޅަ އެއްބައެވެ. 2022 ވަނަ އަހަރާ އަޅާބަލާއިރު ސައޫދީގެ ޚަރަދު ވަނީ ތިންބައިކުޅަ އެއްބައި އިތުރުވެފައެވެ.

މެދުއިރުމަތީގެ ސައުދީ އަރަބިއްޔާގެ “ނެސްޓް އެގް” ފަންޑުން މިދިޔަ އަހަރު 48 އެއްބަސްވުމެއް ހަދާފައިވާއިރު، ސައުދީ އަރަބިއްޔާއިން ވަނީ ތެލަށް ބަރޯސާވުމުގެ ބަދަލުގައި އިގްތިސާދު ޑައިވާސިފައި ކުރަން މަސައްކަތްތަކެއް ކޮށްފަ އެވެ.

އެގޮތުން އިނގިރޭސިވިލާތުގައި ދާދި ފަހުން ކުރި އިންވެސްޓްމަންޓްތަކުގެ ތެރޭގައި އެޑިންބަރާގެ ބަލްމޯރަލް ހޮޓަލާއި ލަންޑަންގެ ބްރައުންސް ހިންގާ ސަރ ރޮކޯ ފޯޓްގެ ލަގްޒަރީ ހޮޓެލްސް ގްރޫޕުގެ 49 ޕަސެންޓް ހިއްސާ ގަތުމުގެ އިތުރުން ހީތްރޯ އެއާޕޯޓުން 10 ޕަސެންޓް ހިއްސާ ހޯދުން ހިމެނެ އެވެ.

އަނެއްކޮޅުން ކެލިފޯނިއާގެ މޮބައިލް ގޭމް ޑިވެލޮޕަރު ސްކޯޕްލީ ގަތުމަށް މިދިޔަ އޭޕްރީލް މަހު ޕީއައިއެފް އިން 4.9 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، 2023 ވަނަ އަހަރު ވެސް ސައުދީ ވަނީ ޖަޕާނުގެ ނިންޓެންޑޯގެ ބޮޑު ހިއްސާދާރަކަށް ވެފަ އެވެ. ސައުދީގެ ފަންޑުން ވަނީ ބްރެޒިލްގެ މައިނިން ގްރޫޕް ވެލްގެ ހިއްސާ ވެސް ގަނެފަ އެވެ.

މިއާއެކު ސޮވަރިން ވެލްތް ފަންޑުގެ ހަރަދުގެ ބައިނަލްއަގުވާމީ ރޭންކިންގެ ތިން ވަނައިން އެއް ވަނައަށް ސައޫދީގެ ޕީއައިއެފް ވަނީ އަރާފަ އެވެ. 2021 ވަނަ އަހަރު ގަދަ ދިހައެއްގައި ވެސް ހިމެނިފައިނުވާ ސައުދީގެ ޕީއައިއެފްއިން ދެ އަހަރުތެރޭގައި ވަނީ ހީވެސް ނުކުރާ ފަދަ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ.

މީގެ އަށް އަހަރު ކުރިން ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެ ޖަމިއްޔާ އަލުން އެކުލަވާލުމާ ހަމައަށް ދުނިޔޭގެ މައިދާނުގައި ޕީއައިއެފް އޮތީ ވަރަށް އާދައިގެ ގޮތަކަށެވެ.

ވަލީއަހުދު ވަނީ ސޮވަރިން ވެލްތް ފަންޑަކީ އޭނާގެ “ވިޝަން 2030” ޕްލޭންގެ މައިގަނޑު އަސާސަކަށް ހައްދަވާފަ އެވެ. އަދި އޭގެ އެންމެ މަޝްހޫރު އިންވެސްޓްމަންޓް ސްޕްރީއަކީ ކުޅިވަރުގެ ގޮތުގައި ވަނީ ހައްދަވާފަ އެވެ.

ސައުދީގެ ވެލްތް ފަންޑުން 2021 ވަނަ އަހަރު ނިއުކާސަލް ޔުނައިޓެޑް ފުޓްބޯލް ކްލަބް ގަތްއިރު، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ސައޫދީ ޕްރޯ ލީގަށް ގެނައުމަށް ވަނީ ބޮޑެތި ޚަރަދުތަކެއް ކޮށްފައެވެ.

މީގެ އިތުރުން ޕީޖީއޭ ޓުއާއާ ވާދަކުރުމަށް ފަންޑުން ހިންގާ ލިވް ގޮލްފް ލީގު ވެސް އުފައްދައި، އަޕްސްޓާޓް، މުބާރާތް އިންތިޒާމްކުރާ ޓީމާ އެއްކޮށްލުމަށް އެއްބަސްވި އެވެ.

ސައޫދީގެ މައްޗަށް “ސްޕޯޓްސް ވޮޝް” ކަމުގެ ތުހުމަތު ކުރެވޭއިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަނީ މިއީ ސައުދީ އަރަބިއްޔާގެ އަގު ވައްޓާލުމަށް ރާވާފައިވާ އަމަލެއް ކަމަށެވެ.

ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ބިން ސަލްމާން ވަނީ މިކަން ޤަބޫލުކުރައްވާފައެވެ.

“ސްޕޯޓްސް ވޮޝް ކުރުމުގެ ސަބަބުން ޖީޑީޕީ އެއް ޕަސެންޓް އިތުރުވެއްޖެ ނަމަ ސްޕޯޓްސް ވޮޝް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،” އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި ކުރާ އިންވެސްޓްމަންޓްތަކުގެ އިތުރުން ސައުދީ އަރަބިއްޔާއިން ދަނީ އެގައުމުގެ އެތެރޭގެ އިގްތިސާދު އަލުން ބައްޓަން ކުރުމުގެ ޕްލޭންތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން ކަމަށާއި އޭގެ ތެރޭގައި ނިއޯމް ނަމަކަށް ކިޔާ އާ ސިޓީއަކަށް ބައި ޓްރިލިއަން ޑޮލަރު ހަރަދުކުރުމުގެ ސްކީމެއް ވެސް ހިމެނެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސޮވެރިން ވެލްތް ފަންޑުތަކުން 11.2 ޓްރިލިއަން ޑޮލަރުގެ އެސެޓް މެނޭޖްކުރާއިރު، މިއީ ފަންޑުތަކާއި ޕެންޝަން ސްކީމްތަކާއި މަރުކަޒީ ބޭންކުތަކުގައި ސަރުކާރުތަކުގެ އަތުގައި ހުރި 50 ޓްރިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރުގެ ފަސްބައިކުޅަ އެއްބައެވެ.

2023 ވަނަ އަހަރު ދެވަނައަށް އެންމެ ބޮޑު އިންވެސްޓަރު ކަމަށްވާ ސިންގަޕޫރުގެ ޖީއައިސީއިން 20.9 ބިލިއަން ޑޮލަރު ޚަރަދުކުރި އިރު، އޭގެތެރޭގައި ހިމެނެނީ އަބޫދާބީގެ ތިން ސޮވެރިން ވެލްތް ފަންޑުގެ ތެރެއިން އެއް ފަންޑު ކަމަށްވާ މުބާދާލާ 17.5 ބިލިއަން ޑޮލަރެވެ.

އަބޫދާބީގެ އެހެނިހެން ފަންޑުތައް ކަމަށްވާ އޭޑީއައިއޭ އާއި އޭޑީކިއު އިން 13.2 ބިލިއަން ޑޮލަރާއި 5.8 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، މި ދެ ފަންޑުވެސް ވަނީ ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނިފައެވެ.