މިލިއުން ޝެއަރ ކުރައްވާ

ކޮވިޑަށްފަހު އުތުރު ކޮރެއާއިން ފުރަތަމަ ޓޫރިސްޓު ގުރޫޕަށް މަރުހަބާ ކިޔައިފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް

ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތަށް

އެމްއައިބީގެ ގްލޯބަލް ޕޭ އީޒެޕަށް

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔެ ލޮކްޑައުންކޮށްފައި ވަނިކޮށް، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އުތުރު ކޮރެއާގެ ބޯޑަރު ބަންދުކުރި ފަހުން، ރަޝިއާގެ މި ޓޫރިސްޓު ގުރޫޕް ވެގެންދާނީ ބައިނަލްއަގުވާމީ ގޮތުން އެ ޤައުމަށް ޒިޔާރަތް ކުރާ ފުރަތަމަ ޓޫރިސްޓުންނަށެވެ.

ސްކީ ދަތުރުގެ ޚަބަރު ރަޝިޔާގެ ސަރުކާރު ހިންގާ ޓަސް ނިއުސް އެޖެންސީން މެދުވެރިކޮށް، މި ހަފުތާގައި ވަނީ ވްލަޑިވޮސްޓޮކްގެ ރަޝިއާ ޓުއާ އެޖެންސީއަކުން އިޝްތިހާރުކޮށްފަ އެވެ.

ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ދަތުރަކީ އުތުރު ކޮރެއާއަށް އަށް ކުރިމަތިވި ކޮވިޑް ޕެންޑަމިކަށްފަހު އެންމެ ފުރަތަމަ ޓޫރިސްޓުން އަންނާނެ ދަތުރުކަމަސް ހާމަކުރުން ގިނަ ބަޔަކަށް މިކަން ވެފައިވަނީ ހައިރާންކުރުވަނިވި ހަބަރަކަށެވެ.

ޓުއާ އެޖެންސީ ވޮސްޓޮކް އިންޓޫރްގެ ވެބްޕޭޖުން ބުނީ ހަތަރު ދުވަހުގެ މި ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހު ކަމަށެވެ.

އުތުރު ކޮރެއާއިން ދަނީ ލޮކްޑައުންއާއި އެމެރިކާ އިން އިސްނަގައިގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހަލާކުވެފައިވާ އެގައުމުގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަޑުމަޑުން ބަލިމަޑުކަމުގެ ދުވަސްވަރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ ބައިނަލްއަގްވާމީ ބޯޑަރުތައް ހުޅުވާލަމުންނެވެ.

މިދިޔަ އޮގަސްޓް މަހު ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ބުނީ 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އުތުރު ކޮރެއާގެ އިގްތިސާދު ކޮންމެ އަހަރަކު ވެސް ދަށަށް ގޮސްފައިވާ ކަމަށާއި މިދިޔަ އަހަރު އެ ގައުމުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް ހުރީ 2016 ވަނަ އަހަރާ އަޅާބަލާއިރު 12 ޕަސެންޓް ދަށްވި ކަމަށެވެ.