އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ދިރާގުގެ 35 ވަނަ އަހަރީ ޖަލްސާ ބާއްވަން ނިންމައިފިއެވެ. މިޖަލްސާއޮންނާނީ ހައިބްރިޑް ކޮށެވެ. ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުން ބައިވެރިވާނީ “ފަހިވޯޓު” މެދުވެރިކޮށެވެ. ޖަލްސާ އޮންނަ ހޯލަށް ހާޒިރުވާން ބޭނުންވާ ބޭފުޅުންނަށް ޖާގައިގެ ދަތިކަމަށްބަލާ ޖަލްސާބާއްވާ ދުވަހުގެ މެންދުރު އެކެއްގެ ކުރިން އެމީހަކު ބައިވެރިވާނެ ގޮތެއް އެންގުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ވިދާޅުވެއެވެ.
މިޖަލްސގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.