މިލިއުން ޝެއަރ ކުރައްވާ

އެންމެ ގިނަ ލާރި ލިބޭ އެތްލީޓަކީ ރޮނާލްޑް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ދުނިޔޭގެ ރަސްކަން ހޯދައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފޯރިގަދަ ނިމުމަކަށް

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގައި ސްޕެއިނާއި އާޖެންޓީނާ

ފްރާންސް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް

!މެސީގެ ޖާދުލާއި އެކު މިސްރުގެ އުއްމީދުތައް ފުނޑުފުނޑުކޮށްލުމަށްފަހު އާޖެންޓީނާ ގޮވައިގެން ވޯލްޑް ކަޕްގައި ކުރިއަށް

ޔޫރަޕްގެ ބޮޑެތި ލީގްތައް ދޫކޮށްލުމަށްފަހު ސައުދީ އެރޭބިއާގެ އަލް ނަސަރ އަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ހަމަހަމަ ކޮށްލެވޭވަރުގެ ދެވަނަ ކުޅުންތެރިއަކު މިވަގުތަކުނެތެވެ. ޕޯޗުގީޒު ސުޕަރސްޓާރ އަށް 170 މިލިއަން ޑޮލަރު ލިބޭކަމަށް ފޯރބްސްލިސްޓްގައި ވެއެވެ.

ރޮނާލްޑޯ ސައުދީ ޓީމަށް ބަދަލުވިނަމަވެސް އޭނާގެ ބްރޭންޑްގެ އަގަކަށް އެއްވެސް ބަދަލެއް ނާންނަކަމަށް ވެއެވެ. އަލް ނަސަރގެ މުސާރައިގެ އިތުރުން ސްޕޮންސަރޝިޕް އަދި އެންޑޯސްމަންޓް އިން އަހަރަކު 60 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއްގެ އާމްދަނީއެއް ހޯދައެވެ. މިވަގުތު ރޮނާލްޑޯގެ ނެޓް ވާރތްކަމަށް ބެލެވެނީ 849 މިލިއަން ޑޮލަރެވެ.

ރޮނާލްޑޯ އާއި އެންމެ ކައިރިން ވާދަކުރާ ލައިނަލް މެސީގެ މުސާރައަކީ 150މިލިއަން ޑޮލަރ އެވެ. ޕީއެސްޖީއަށް ކުޅޭ ނޭމާގެ މުސާރައަކީ 130 މިލިއަން އެވެ. އަދި ހަމަ އެޓީމަށްކުޅޭ ކިލިއަން އެމްބާޕޭ އަށް ލިބެނީ 120 މިލިއަން ޑޮލަރއެވެ.

އެހެނިހެން ކުޅިވަރުތަކަށް ބަލާއިއިރު ލޮސްއެންޖަލްސް ލޭކަރސް އަށް ބާސްކެޓްކުޅޭ ލެބޯރން ޖޯންސްގެ  މުސާރައަކީ 110 މިލިއަން ޑޮލަރ އެވެ. އެންޑޯސްމަންޓް އަދި ސްޕޮންސަރ އާންމްދަނީއާއި އެކު މިވަގުތު ޖޯންސްގެ ނެޓްވާރތްއަކީ 1 ބިލިއަން ޑޮލަރ އެވެ. މިއީ މެސީ އާއި ރޮނާލްޑޯ އަށްވުރެ ބޮޑު ނެޓްވޯތް އެކެވެ.