މިލިއުން ޝެއަރ ކުރައްވާ

ފައިސާ ޗާޕުނުކޮށް 1 ބިލިއަން ރުފިޔާގެ މަޝްރޫޢު ހިންގައިފިން: ރައީސް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

ހިޔާ ޕާކް ކުރިމަތީ ބޭްވުނު މަޖިލިސް ކެމްޕެއިން ރެލީއެއްގައި ރައީސް ވިދާޅުވީ ޕީއެސްއައިޕީ އަދި ތަރައްޤީގެ މަޝްރޫޢުތައް ނިމިދިޔަ ސަރުކާރުގައި ހިންގާފައިވަނީ 2 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އޭރު ހަގީގަތުގައި ހިންގިފައިވަނީ 900 ވަރަކަށް މިލިއަން ރުފިޔާގެ މަޝްރޫއު އެވެ.
“އަޅުގަނޑުމެން ލޯނު ނުނަގައި އޯވާޑްރާފްޓު ނުނަގައި 1.1 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއު އެހެރީ ހިންގާފައި،” ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫއުތަކާއެކު 500 އަށްވުރެ ގިނަ މަޝްރޫއު ހުއްޓާނުލައި މި ސަރުކާރުން ކުރިއަށް ގެންދަނީ ފައިސާ ޗާޕްނުކޮށް ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރު ނިމުނުއިރު ފެނާއި ނަރުދަމާގެ 27 މަޝްރޫއަކާއި ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 30 މަޝްރޫއެއް އޮތީ ހުއްޓިފަ އެވެ. މީގެ އިތުރުން މިސްކިތް ބިނާކުރުމުގެ 20 މަޝްރޫއަކާއި އެއާޕޯޓް ތަރައްގީކުރުމުގެ ހަތް މަޝްރޫއެއްގެ އިތުރުން 11 ރަށެއްގައި ބޯހިޔާވަހިކަމުގެ 220 މަޝްރޫއެއްގެ މަސައްކަތް އޮތީ ހުއްޓިފަ ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ގައުމު ހިންގާނީ ފައިސާ ޗާޕްނުކޮށް ލިބޭ އާމްދަނީއަކުން ކަމަށެވެ.