މިލިއުން ޝެއަރ ކުރައްވާ

ފެބްރުއަރީ މަހު އަގުތައް މައްޗަށް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުތައް — އިންފްލޭޝަން ރޭޓް މިއަހަރުގެ ފެބްރުއަރީ މަހު މައްޗަށް ހިނގައްޖެ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކޮށްފައިވާ މިއަހަރުގެ ފެބްރުއަރީ މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު އަގުތައް ވަނީ 0.45 ޕަސަންޓް އުފުލިފަ އެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު އަގުތައް ވަނީ 1.12 ޕަސަންޓް އުފުލިފަ އެވެ.
ކަނޑުމަސް ނުހިމަނައި ފެބްރުއަރީ މަހު އަގުތައް ވަނީ 0.36 ޕަސަންޓް އުފުލިފަ އެވެ. އަގުތައް އެންމެ ބޮޑަށް އުފުލުނީ މޭވާގެ ބައިންނެވެ. މޭވާގެ އަގުތައް 7.35 ޕަސަންޓް އުފުލުނުއިރު ކަރަންޓްގެ އަގުތައް 3.92 ޕަސަންޓް އަދި ކަނޑުމަހުގެ އަގުތައް 2.30 ޕަސަންޓް އުފުލުނެވެ.
އެއްގަމު މަހުގެ އަގުތައް 3.21 ޕަސަންޓް އުފުލުނުއިރު މޯބައިލް މުވާސަލާތީ ހިދުމަތުގެ އަގުތައް 0.72 ޕަސަންޓް އުފުލުނު ކަމަށް އެންބީސީން އާންމުކޮށްފައިވާ ސީޕީއައި ރިޕޯޓުން ދައްކަ އެވެ. އަގުތައް ދަށަށް ދިޔަ ބާވަތްތަކުގެ ތެރޭގައި ތަރުކާރީ އާއި ވައިގެ ދަތުރުފަތުރު ހިމެނެ އެވެ.
ތަރުކާރީގެ އަގުތައް ފެބްރުއަރީ މަހު 2.83 ޕަސަންޓް ދަށަށް ދިޔައިރު ވައިގެ ދަތުރުފަތުރުގެ އަގުތައް 1.60 ޕަސަންޓް ދަށަށް ދިޔަ އެވެ. މީގެ އިތުރުން ފެބްރުއަރީ މަހު ކިރާއި ބިހުގެ އަގުތައް 1.22 ޕަސަންޓް ވަނީ ދަށަށް ގޮސްފަ އެވެ.