މިލިއުން ޝެއަރ ކުރައްވާ

ފުރަތަމަ ހަ މަހު އާސަންދައަށް 1.6 ބިލިއަން ރުފިޔާ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

އާސަންދަ ސްކީމްގެ ދަށުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

އާސަންދައިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި 838 މިލިއަން ރުފިޔާ އަދި ދެވަނަ ކުއާޓަރުގައި 823 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މި މުއްދަތުގައި އާސަންދައިން 541،498 މީހުން ހިދުމަތް ހޯދާފައިވެ އެވެ.
އާސަންދައިގެ ދަށުން އިމަޖެންސީގައި 2،831 ފަހަރު ބަލި މީހުން އުފުލާފައިވާއިރު ޖުމްލަ 4،498 ބަލި މީހުން ވަނީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާފަ އެވެ.
ރާއްޖޭގައި އާސަންދައިގެ ދަށުން ހިދުމަތްދޭ ސަރުކާރު ހޮސްޕިޓާތަކާއި ސިއްހީ މަރުކަޒުތަކުގެ އަދަދަކީ 193 އެވެ. އަމިއްލަ ހޮސްޕިޓާތަކާއި ކްލިނިކްތައް ހިމެނޭ ގޮތަށް 141 މަރުކަޒަކުން އާސަންދައިގެ ހިދުމަތް ދޭއިރު ރާއްޖެއިން ބޭރުގެ 61 މަރުކަޒަކުން އާސަންދައިގެ ދަށުން ހިދުމަތްދެ އެވެ.
މީގެ އިތުރުން 393 ބޭސް ފިހާރައިން އާސަންދައިގެ ދަށުން ހިދުމަތްދެ އެވެ.