މިލިއުން ޝެއަރ ކުރައްވާ

ގްރީން ފަންޑުގައި 1.6 ބިލިއަން ރުފިޔާ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

ގްރީން ފަންޑުގައި މިދިޔަ އަހަރު ނިމުނުއިރު 1.6 ބިލިއަން ރުފިޔާ ހުރި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން 2024 ފެށުނުއިރު ގްރީން ފަންޑުގައި 1.1 ބިލިއަން ރުފިޔާ ހުއްޓެވެ.
ގްރީން ފަންޑަށް މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާ ޖަމާކުރިއިރު މި މުއްދަތުގައި އެ ފަންޑުން 645 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

ގްރީން ފަންޑުއަށް ޖަމާކުރި މިންވަރާއި ހަރަދު

  • ޖެނުއަރީ 2024 – ޖަމާކުރި: 99.5 މިލިއަން ރުފިޔާ | ހަރަދުކުރި: 138،907.8 ރުފިޔާ
  • ފެބްރުއަރީ 2024 – ޖަމާކުރި: 102.8 މިލިއަން ރުފިޔާ | ހަރަދުކުރި: 93.9 މިލިއަން ރުފިޔާ
  • މާޗް 2024 – ޖަމާކުރި: 113.8 މިލިއަން ރުފިޔާ | ހަރަދުކުރި: 19.8 މިލިއަން ރުފިޔާ
  • އެޕްރީލް 2024 – ޖަމާކުރި: 105.7 މިލިއަން ރުފިޔާ | ހަރަދުކުރި: 43.9 މިލިއަން ރުފިޔާ
  • މޭ 2024 – ޖަމާކުރި: 85.2 މިލިއަން ރުފިޔާ | ހަރަދުކުރި: 43.9 މިލިއަން ރުފިޔާ
  • ޖޫން 2024 – ޖަމާކުރި: 64.2 މިލިއަން ރުފިޔާ | ހަރަދުކުރި: 56.3 މިލިއަން ރުފިޔާ
  • ޖުލައި 2024 – ޖަމާކުރި: 60.6 މިލިއަން ރުފިޔާ | ހަރަދުކުރި: 7 މިލިއަން ރުފިޔާ
  • އޮގަސްޓް 2024 – ޖަމާކުރި: 87.1 މިލިއަން ރުފިޔާ | ހަރަދުކުރި: 2.7 މިލިއަން ރުފިޔާ
  • ސެޕްޓެމްބަރު 2024 – ޖަމާކުރި: 88.9 މިލިއަން ރުފިޔާ | ހަރަދުކުރި: 57.6 މިލިއަން ރުފިޔާ
  • އޮކްޓޫބަރު 2024 – ޖަމާކުރި: 77 މިލިއަން ރުފިޔާ | ހަރަދުކުރި: 75.6 މިލިއަން ރުފިޔާ
  • ނޮވެމްބަރު 2024 – ޖަމާކުރި: 85.7 މިލިއަން ރުފިޔާ | ހަރަދުކުރި: 71.9 މިލިއަން ރުފިޔާ
  • ޑިސެމްބަރު 2024 – ޖަމާކުރި 109.4 މިލިއަން ރުފިޔާ | ހަރަދުކުރި: 172.4 މިލިއަން ރުފިޔާ

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.
ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.