ޑޮލަރުގެ ޕްރެޝަރު ކުޑަކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ދަނީ ދިވެހި ރުފިޔާ ބޭނުންކޮށްގެން އިންޑިއާ އާއި ޗައިނާއާ އެކު ކުރަމުންދާ ވިޔަފާރިއަށް ފުރުސަތު ހޯދަމުންދާކަމަށް ބެނެފިއެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މި ޕްލޭން އިއުލާން ކުރެއްވީ އިންޑިއާއާ އެކު ގާތްގަނޑަކަށް 780 މިލިއަން ޑޮލަރު އަދި ޗައިނާއާ އެކު 720 މިލިއަން ޑޮލަރުގެ އަހަރީ ވިޔަފާރިއަށް ހަވާލާދެއްވާ އަލިއަޅުވާލައްވަމުންނެވެ.
ސައީދު ވިދާލުވިގޮތުގައި އިންޑިއާއާއެކު ރުފިޔާއިން ފައިސާ ދެއްކޭނެ ސިސްޓަމަކާއި ޗައިނާއާ އެކު ޕޮޓެންޝަލް ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުމަށް މަސައްކަތްކުރަމުންދާކަމަށެވެ. ރާއްޖޭން ޗައިނާއާ އެކު ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށާ މި ފަދަ އެއްބަސްވުމެއްގައި ސޮއިކުރެވި ހަމަ ޖެހިއްޖެނަމަ ރާއްޖެއާއެކު ޗައިނާއިން އަހަރަކުކުރާ 720 މިލިއަން ޑޮލަރުގެ ވިޔަފާރީގެ ދެބައިކުޅަ އެއްބައި މުއާމަލާތްތަކަށް ހެޔޮބަދަލެއް ގެނެވި ދިވެހި ވިޔަފާރިތަކަށް ޗައިނާއިން އިމްޕޯޓްކުރާ މުދަލަށް ސީދާ ޔުއާން ނުވަތަ ރުފިޔާއިން ފައިސާ ދެއްކޭނެ އެވެ.
މި ފަދަ ނިޒާމްތަކެއް ޤާއިމްކުރެވިއްޖެނަމަ ބޭރު ފައިސާގެ ޕްރެޝަރު ވަރަށް ބޮޑަށް ލުއިވެ، ރުފިޔާއަށް ބާރު ލިބިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ އަލިޕޭ އާއި ވީޗެޓް ފަދަ މަޝްހޫރު އީ-ވޮލެޓްތައް އިންޓަގްރޭޓްކޮށް، ރާއްޖޭގެ އިގްތިސާދު އިތުރަށް ޒަމާނީ ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުއަންނަ ކަމަށެވެ.