އިންފުލުއެންސަރސް ނުވަތަ ސޯސަލްމީޑިއާގައި ގިނައަދަދެއްގެ ފޮލޯއަރސް ގެންގުޅޭ މީހުން މެދުވެރިކޮށް ވިޔަފާރި މާރކެޓްކުރުން އިތުރުވަމުންދާކަމެއް އިންކާރެއް ނުކުރެވޭނެއެވެ. މިހިނގާ 2024 ވަނަ އަހަރު މިވިޔަފާރީގެ ޖުމްލަ އަދަދު 24 ބިލިއަން ޑޮލަރ އަށް އަރާނެކަމަށް އަންދާޒާކުރެވެއެވެ. ނަމަވެސް މީގެ ބޮޑުސުވާލަކީ އިންފްލުއެސަރ ބޭނުންކުރުމުން ވިޔަފާރިއަށް އެދެވޭ ކުރިއެރުމެއް ލިބޭބާވައެވެ.
ކަސްޓަމްރުންގެ އިތުބާރު: ސާބިވެފައިވާ ގޮތުގައި އިތުބާރުކުރެވޭ މީހަކު ވަކި ބްރޭންޑެއްގެ ވާހަކަ ބުނުމުން ކޮންސިއުމަރުން އެއަށް ސަމާލުކަން ދޭމިންވަރު ޒަމާންވީ ރޭޑިއޯ ޓީވީ ގެ ޒަރީޢާއިން ދިނުމުން ލިބޭ ސަމާލުކަށްވުރެ މާބޮޑެވެ. އިންފުލުއެންޒަރ އެޕްރޮޑަކްޓެއްގެ ވާހަކަ ކޮންސިއުމަރ ކާރީ ބުނުމުން އެޕްރަޑަކްޓް އަކާއި މެދު އުފެދޭ ކޮންސިއުމަރުންގެ އިތުބާރުގެ ސަބަބުން ވިޔަފަރިއަށް އެދެވޭ ނަފާއެއް ލިބޭކަމަށެވެ. މިސާލަކަށް ޓިކޮޓޮކްއަށް ކޮންޓެންޓް ހަދާމީހުން އެމީހުންގެ ކޮންޓެންޓްގެ ތެރޭގައި ބްރޭންޑްތައް ތައާރަފްކުރާތަން ފެނުން މިއީ އާންމުކަމެކެވެ. ތަފާސް ހިސާބު ބުނާގޮތުން އިންފްލުއަންސަރ މާރކެޓިން ބޭނުންކުރާ %94 މީހުން މިގޮތަށް މާކެޓެ ކުރުން ޒަމާންވީ ޓީވީ އަދި ރޭޑިއޯ އިސްތިހާރަށްވުރުން ނެރެވޭ ނަތީޖާއަށްވުރެ ރަނޣަޅުކަމަށް ގަބޫލުކުރެއެވެ. އަދި މިއީ 11 ގުނަ އިތުރު އާރްއޯއައި ލިބޭކަމަށްވެސް އިންފްލުއެންސާރސް ބޭނުންކުރާ ފަރާތްތަކުން ބުނެއެވެ.
އިންފްލައެންސަރސް މާކެޓްކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަސްލު އިންފުލުއެންސަރސް ހޯދުމަށް ދިމާވާ ގޮންޖެހުމެވެ. ފޭކް ފޮލޯއާރސް އާއި މަގުބޫލުކަން ގެއްލެމުންދާ އިންފްލުއެންސާރސްވަރަށް ގިނައެވެ. އިންފްލުއެންސަރގެ އެންމެ ނުރަގަޅު ހަރަކާތަކުން މަގުބޫލުކަން ގެއްލުމުގެ އަސަރު ޕްރޮޑަކްޓަށް ކުރުމުގެ ރިސްކްވެސް އެއީ ހުރި ގޮންޖެހުމެކެވެ.
މިހެންކަމުން އިންފްލެއަންސަރ މާރކެޓިންގެ ކާމިޔާބީ ފެންނާނީ ރަނގަޅު އަދި ޖެނުއިން އިންފްލުއެންސަރސް ޕްރޮޑަކްޓް ނުވަތަ ބްރޭންޑްއާއި ގުޅުވިގެންނެވެ. އިންފްލުއެންސަރ ހޮވުމުގައި ރަނގަޅަށް ބަލައި ރަނގަޅު އިންފްލައެންސަރ ހޮވިއްޖެނަމަ އިންފްލުއެންސަރ އަށް ކުރާ ހަަރަދުގެ ފުރިހަމަ ނަތީޖާނެރެވޭނެއެވެ.