މިލިއުން ޝެއަރ ކުރައްވާ

މޯލްޑިވިއަންގެ ބޭރާއި އެތެރޭގެ ފްލައިޓްތައް ގުޅުވާލަނީ

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

މޯލްޑިވިއަން ގެ ރާއްޖޭން ބޭރުގެ 3 މަންޒިލާއި އެތެރޭގެ އުދުހުންތަކުގެ ފްލައިޓްތައް ގުޅުވާލުމަށް ތްރޫފެއަރ ތަޢާރަފް ކޮށްފިއެވެ. މިއާއެކު މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުކުރާ މީހުންނަށް ޓިކެޓް ނަގާއިރު ޓިކެޓްގައި ދާންބޭނުންވާ ރާއްޖޭންބޭރުގެ މަންޒިލްގެ ބުކިންވެސް ހެދޭނެއެވެ. މިގޮތުން ޑާކާ، ބެންގަލޫރު އަދި ކޮލަމްބޯ ޚިޔާރުކުރެވޭނެއެވެ. ހަމަމިގޮތަށް ބޭޜުގެ މިތިން މަންޒިލުން އަންނަ މީހުންނަށްވެސް މޯލްޑިވިއަންގެ އެތެރޭގެ ފްލައިޓްތަކުގެ 16 މަންޒިލަށް ބުކިންގ ހެދޭނެއެވެ.

މޯލްޑިވިއަންގެ ތްރޫފެއަރ މެދުވެރިކޮށް ދަތުރުކުރާ ފަސިންޖަރުންނަށް 5 ޕަސެންޓް ޑިސްކައުންޓް ލިބުމުގެ އިތުރުން އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ދަތުރަށް ބެގޭޖް އެލަވަންސް އެއް އަދަދަކަށް ހެދޭނެއެވެ.

މޯލްޑިވިއަންއިން އިތުރަށް ހާމަކުރާގޮތުގައި ޑާކާ، ބެންގަލޫރު އަދި ކޮލަމްބޯގެ އިތުރުން ޓްރިވެންޑްރަމް އާއި ކޮޗިންއަށް ވެސް ތްރޫފެއަރ ކައިރި މުސްތަގުބަލެއްގައި ތަޢާރަފް ކުރެވޭނެއެވެ. ހަމަޖެހިފައިވާ ކަމަށެވެ.