މިކާޑަކީ އެވިޔަފާރިތަކުގެ ޚަރަދުތައް ފަސޭހައިން ބެލެހެއްޓޭ، ކޮންމެ ވަގުތަކުވެސް އެމްއައިބީ ޕޯޓަލް މެދުވެރިކޮށް ކޮންމެ ތާކު ހުރެގެންވެސް ސްޓޭޓްމަންޓްތައް ބަލާ އެކްސްޕެންސް ޓްރެކް ކުރެވޭގޮތަށް ހަދާފައިވާ ކާޑެކެވެ. މީގެ އިތުރުން މިކާޑަށް އޮންލައިންކޮށް ފައިސާ ޓޮޕްއަޕް ކުރެވޭނެ ކަމަށްވެސް އެމްއައިބީން ވިދާޅުވެއެވެ.
މިކާޑު ރުފިޔާ އާއި ޑޮލަރުންވެސް ބޭނުންކުރުމަށް ދޫކުރާ ކާޑަކަށްވާތީ ރާއްޖޭންބޭރުންވެސް މިކާޑުގެ ބޭނުންކޮށްގެން ފައިސާގެ މުޢާމަލާތު ކުރެވޭނެއެވެ. މިކާޑު ހަމައެކަނި ދޫކުރާނ ވިޔަފާރި އެކައުންޓުތަކަށެވެ.