މިލިއުން ޝެއަރ ކުރައްވާ

ޕްރޮޖެކްޓްތައް: އިދިކޮޅުން ބުނަނީ ހުއްޓިފައި ކަމުގައި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

ތަރައްގީގެ މަޝްރޫތައް ވަނީ ހުއްޓިފައި ކަމުގައި އިދިކޮޅޫ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ތުހުމަތުކުރައްވައިފިއެވެ. ޝާހިދު އެބޭފުޅާގެ އެކްސްގައި  ހާމަކުރިގޮތުގައި “ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ސަރުކާރުންވަނީރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފަ” ކަމަށެވެ. މިހެން އަބްދުﷲ ޝާހިދު ވިދާޅުވީ ތ.ރަތްމަންދޫގެ ދެ ޕްރޮޖެކްޓެއް ހުއްޓިފައިވާ މައަސަލަ ފެންމަތިކުރަމުންނެވެ.

މިޕޯސްޓަށް ރައްދުދެއްވަމުން ކޮންސްޓްރަކްޝަން އާއި ބެހޭ ވަޒީރު ވިދާޅުވީ ރަތްމަންދޫގެ ޕްރޮޖެކްޓަކީ މިދިޔަ ސަރުކާރުން މީގެ 2 އަހަރުކުރިން ހަވާލުކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށާއި މިހާތަނަށް ނިމިފައިވަނީ ޕްރޮޖެޓްގެ އެންމެ %26 ކަމަށެވެ. މިސަރުކާރުން މިހާރުވެސް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ޕީއެސްއައިޕީގެ މަޝްރޫއުތަކަށް އެކަނިވެސް އެއް ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

ސަރުކާރުން މިހާތަނަށް ހުއްޓިފައިވާ މަޝްރޫތައް ހުއްޓިފައިހުރިނަމަ ހުއްޓިފައި ހުރީ މިދިޔަ ސަރުކާރުން ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތަކަށް ނިމިދިޔައި ސަރުކާރުން ފައިސާ ނުދައްކާ ހުރުމުން ކަމަށާއި މިހާރު ކުރެވޭ މަސައްކަތަކީ ނުދައްކާ ހުރި ބިލްތައް ދައްކާ އަލުން އެ ކުންފުނިތައް ޕްރޮޖެކްޓްތަކަށް މޮބިލައިޒްކޮށް  މަސައްކަތް އަލުން ފެއްޓުމުގެ މަސައްކަތްކަމަށެވެ.