މިލިއުން ޝެއަރ ކުރައްވާ

ވައިޑް ބޮޑީ ގެ ޗައިނާ ފުރަތަމަ ދަތުރަށް ޚާއްސަ ފެއަރ އެއް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ގައުމީ އެއާލައިން، މޯލްޑިވިއަންއިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ޗައިނާ އަށް ކުރާ ފުރަތަމަ ދަތުރުތަކަށް ޚާއްސަ ފެއަރއެއް ތަޢާރަފްކޮށްފިއެވެ.

މި ބޯޓު ރާއްޖެ ގެނެސްފައި ވަނޯ މިމަހުގެ 5 ވަނަ ދުވަހުއެވެ. މި ބޯޓުގެ ދަތުރުތައް ޗައިނާގެ ތިން ސިޓީއަށް ހަފްތާއަކު ތިން ދަތުރުކުރުމަށް ވަނީ ނިންމާފައެވެ.

މިގޮތުން މޯލްޑިވިއަނުން ބުނިގޮތުގައި ޗައިނާ ޝެންހާއި، ޗެންގްޑޫ، ބެއިޖިން އަށް މި ބޯޓު ހަފްތާއަކު ތިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފުރަތަމަ ދަތުރު ޗެންގްޑޫއަށް  މިމަހުގެ 22 އަދި 30ގައި ކުރަން ހަމަޖެހިފައިވާއިރު، މިމަހުގެ 24 އާއި ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ބެއިޖިންގްއަށް އަދި މިމަހުގެ 27 ވަނަ ދުވަހާއި ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހު ޝަންގްހާއީއަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުތަކުގައި ކޮންމެ ސިޓީއަކަށް ފުރަތަމަ ދެ ދަތުރަށް ޚާއްސަ ފެއަރ ލިބޭއިރު، މިއިން ފެއަރގައި 40 ކިލޯގެ ލަގެޖާއި ކެއުމުގެ ޕެކޭޖެއް ހިމެނެއެވެ.

މޯލްޑިވިއަނުން ގެނައި ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓަކީ 3 ކުލާސް ހިމެނޭ (އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސްގެ އިތުރުން ޕްރިމިއަމް ކްލާސް) 264 ގޮނޑީގެ މަތިންދާބޯޓެކެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭ މަންޒިލްތަކަށް ޤައުމީ އެއަރލައިނުން ސީދާ ދަތުރުތައް ފެށުމަށް ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން ތަޢާރަފްކުރުމަށް ސަރުކާރުން ނިންމެވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މިއީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.