ރަމަޟާން މަހުގެ ފަހު 10 ދުވަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މިސަރުކާރުން ކަނޑައަޅާފައިވާ ދުވަސްތަކެއްކަމުގައިވިޔަސް ބޭންކް އޮފް މޯލްޑިވްސް އިން މިދުވަސްތަކުގައި ޚިދުމަތްދޭ މަރުކަޒުތަކުން ހުޅުވައިގެން ޚިދުމަތް ދިނުމަށް ނިންމައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ހާމަކުރައްވާ ގޮތުގައި ރޯދަމަހުގެ ފަހު 10 ދުވަހު ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި ޝައްވާލުމަހުގެ ފުރތަމަ ހަތްދުވަހު ހެނދުނު 9:30 އިން މެންދުރު 12:00 އަށް ބޭންކް ހުޅުވައިގެން ޚިދުމަތްތައް ދެމުންގެންދާނެއެވެ.
ރަށްރަށުގައި ޤާއިމްކުރެވިފައިވާ ކޭޝް އޭޖެންޓުންގެ ފަރާތުން ބޭންކިންގ ގެ އަސާސީ ޚިދުމަތްތަކާއި ރާއްޖާގެ އެކިކަންކޮޅުތަކުގައި ބެހެއްޓިފައިވާ ސެލްފް ސަރވިސް ބޭންކިންގ މެދުވެރިކޮށް ފައިސާ ފޮނުވުމާއި، ނެގުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެކަމަށެވެ.
މަތީގައިވާ ގޮތްތަކުގެ އިތުރަށް ކޯލްސެންޓަރ ނުވަތަ އާޔާ އަދި މެސެންޖރ އިން ވަގުތުން އޭޖެންޓަކާ ވާހަކަދައްކައިގެން ޚިދުމަތް ލިބޭނޭކަމަށާއި ބީއެމްއެލްގެ ވަޓްސްއެޕް، ވައިބަރ، ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށްވެސް ގިނަ ޚިދުމަތްތައް ލިބޭނޭކަމަށް ބީއެމްއެލް އިން ވިދާޅުވެއެވެ.
މިހުރިހާ ކަމެއްގެ އިތުރުން ބީއެމްއެލްއިން އެދިފައިވަނީ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ވީހާވެސް ބޮޑަށް ބޭންކްގެ ޚިދުމަތް ހޯދުމަށެވެ.