މިލިއުން ޝެއަރ ކުރައްވާ

ރިސޯޓްތަކަށް ގްރީން ފައިނޭންސް ބީއެމްއެލް އިން ތަޢާރަފްކޮށްފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

ރިސޯޓު ތަކުގެ ތިމާވެއްޓާގުޅުން ހުރި ދެމެހެއްޓެނިވި މަޝްރޫޢުތަކަށް މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް ގްރީން ފައިނޭންސް ބީއެމްއެލް އިް ތަޢާރަފްކޮށްފިއެވެ.

މިސްކީމް ދިވެހީންގެ ބޭންކުން ތަޢާރަފްކުރީ މަޓިންބޭއްވި އަހަރީ ޢާއްމު ބައްދަލުވުމުގައެވެ.

މިފައިނޭންސިންގ ތަޢާރަފް ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފާއި ކްރައުން އެންޑް ޗަމްޕާ ރިސޯޓްްސްގެ ޗެއަރމަން ޙުސައިން އަފީފެވެ

ބޭންކް އޮފް މޯލްޑިވްސް އިން ހާމަކުރައްވާ ގޮތުގައި ކުނި މެނޭޖްކުރުމާއި، ގަސް އިންދުމާއި، އެނާޖީ އެފިޝެންޓް އިކުއިޕްމެންޓް ހޯދުމަށާއި، ގޮނޑުދޮށް ޙިމާޔަތްކުރުން ފަދަ ކަންތައްތަކަށް ރިސޯޓްތަކަށް މި ފައިނޭންސް އިން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. .

މި ފެސިލިޓީގެ ދަށުން 50 މިލިއަން ރުފިޔާއާ ހަމައަށް އޯވަޑްރާފްޓް ކުރެވި އެޚިދުމަތުގެ އިންޓަރެސްޓް ރޭޓަކީ 6.5 އިންސައްތަ ކަމުގައިވެސް ބީއެމްއެލް އިން ހާމަކުރައްވައެވެ.

އަދި މީގެ އިތުރުން ކާޑުމެޝިނުން ރިސޯޓަށް ލިބޭ ފައިސާއިން މިފައިނޭންސަށް އަނބުރާ ފައިސާ ދެއްކޭނެފަސޭހަގޮތްތައް ލިއްބައިދޭނެ ކަމުގައިވެސް ބޭންކުން ހާމަކުރައްވައެވެ. .

މަޓީގެ ބައްދަލުވުމުގައި ޝަރީފް ވަނީ އެ ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމަށް ބަހައްޓާ އަހަމިޔަތުކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާފަދަ ބޭންކިން ޚިދުމަތްތަކާއި ފައިސާ ބަލައިގަތުމުގެ އެންމެ ޒަމާނީ ހައްލުތަކެއް ހޯދައިދިނުމަށް ބީއެމްއެލްއިން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާލުވިއެވެ.

“ގްރީން ރިސޯޓް ފައިނޭންސް ފެސިލިޓީ ޚާއްސަކޮށް ފަރުމާކޮށްފައި ވަނީ ރިސޯޓުތަކަށް ބޭނުންވާ ދެމެހެއްޓެނިވި ހައްލުތަކެއް ގާއިމުކުރުމާއެކު ހިންގުމުގެ ޚަރަދުތައް ފަސޭހައިން މެނޭޖްކުރެވޭނެ ފައިނޭންސިންއެއް ހޯދައިދިނުމަށް،” ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ކޯޕަރޭޓް ކަސްޓަމަރުން ގްރީން ރިސޯޓް ފައިނޭންސިންއާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންނަމަ، އެ ކަސްޓަމަރަކަށް ޚާއްސަކޮށްފައިވާ ރިލޭޝަންޝިޕް މެނޭޖަރުންނާ ގުޅުމުން މައުލޫމާތު ސާފުކޮށްދޭނެ ކަމަށް އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.