މިލިއުން ޝެއަރ ކުރައްވާ

ސަރުކާރަށް 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ 2026 ގެ ދަރަނި ހައްލުކުރަން

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

ސަރުކާރުގެ ބޯމަތީގައި އޮތް ދަރަނީގެ ވާޖިބުތައް ބެލެހެއްޓުމުގެ ސްޓްރެޓެޖީގެ ތެރެއިން އަންނަ އަހަރު 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ގެ ލޯނެއް ނެގުމަށް ރާވާފައިވާކަމުގައި މާލީވަޒީރު ވިދާޅުވެއްޖެއެވެ. މި ލޯން ނެގުމުގެ މަގްސަދަކީ 2026 ވަނަ އަހަރު ގައުމުގެ ދަރަނީގެ ބައެއް ރީފައިނޭންސް ކުރުމެވެ.

ކުރިއަށް އޮތް އަހަރުގެ މާލީ ސްޓްރެޓެޖީއާ ބެހޭ ގޮތުން ކުރި ސުވާލުތަކަށް ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ކަށަވަރުކޮށްދެއްވީ ސަރުކާރުން އެއްފަހަރާ ފައިސާއެއް ނުދެއްކޭނެ ކަމަށާއި އޭގެ ބަދަލުގައި 300 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އަހަރުތަކަށް ބަހާލައިގެން ދެއްކޭނެކަމަށެވެ. އެއްފަހަރު ބުލެޓް ޕޭމަންޓެއްގެ ގޮތުގައި 300 މިލިއަން ޑޮލަރު

ދެއްކުމުގެ ބަދަލުގައި ސަރުކާރުން ބޭނުންވަނީ ވީހާވެސް ފަސޭހައިން ދިގުމުއްދަތެއްގެ ތެރޭގައި ދަރަނި އަދާކުރުން ކަމަށް ޝަފީގު ވިދާޅުވި އެވެ.

ލޯނުގެ އިތުރުން 2026 ވަނަ އަހަރުގެ ދަރަނީގެ ބައެއް ފޫބެއްދުމަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ދޫކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ. އެ އަހަރުގެ ނިޔަލަށް 250 މިލިއަން ޑޮލަރު ހޯދުމަށް  ކުރާ މަސައްކަތުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރެވިއްޖެނަމަ އެ ފައިސާވެސް އެފަންޑަށް ޖަމާކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި އަހަރު ނިމޭއިރު ސަރުކާރުގެ ޖުމްލަ ދަރަނި 129 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް 15 ބިލިއަން އަދާކުރަންޖެހޭއިރު، 10 ބިލިއަން ރުފިޔާ އަންނަ އަހަރު ދައްކަން ޖެހެ އެވެ.

ނަމަވެސް ދަރަނި ދެއްކުމާއި ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމުގައި ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މިމާލީ ދަތިކަން މެނޭޖްކުރުމުގެ މަގުސަދުގައި ޕްލޭންކޮށްފައިވާ މަޝްރޫއުތައް ކުޑަކޮށް ހަރަދުތައް ކުޑަކުރަން ފަށާފަ އެވެ. ސަރުކާރުގެ މި ފިޔަވަޅުތަކުން ދައްކުވައިދެނީ މާލީ ޕްރެޝަރުތަކަށް އަވަސް ހައްލެއް ހޯދުމާއި ދިގު މުއްދަތުގެ މާލީ ހަމަޖެހުން ކަށަވަރުކުރުމާ ދެމެދު ފަރުވާތެރިކަމާއެކު ބެލެންސް ކުރުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާކަމެވެ.