2.6 ބިލިއަން ރުފިޔާގެ ޓީބިލް ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ވިއްކަން ހުޅުވާލައިފިއެވެ. މީގެ ތެރޭގައި 27 ދުވަހުން ވިއްކާ 620 މިލިއަން ރުފިޔާގެ ޓީބިލަކާއި 97 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 693 މިލިއަން ރުފިޔާގެ ޓީބިލަކާއި 181 ދުވަހުން އަނބުރާ ދެއްކުމަށް 1 ބިލިއަން ރުފިޔާގެ ޓީބިލަކާއި އަދި 363 ދުވަހުން އަނބުރާ ދެއްކުމަށް 300 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެއެވެ. މިޓީބިލްތަކުގެ އިންޓަރެސްޓް އުޅެނީ 3.50 އާއި 4.60 އިންސައްތައާއި ދެމެދުއެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.
ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.