މިލިއުން ޝެއަރ ކުރައްވާ

ތިލަފުށިން 108 ބިން ވިއްކަނީ،

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބޭންކް އިންކަމް ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައެއްގެ ބިރާ އެކު ޑޮލަރުގެ އަގު އުފުލެނީ!

އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި

ތިލަފުށީގެ ފޭސް 2 އިން 108 ބިން ވިއްކުމުގެ ބީލަން މިއަދު ހުޅުވާލަިފިއެވެ. އެޗްޑީސީއިން އިއުލާނު ކޮށްފައިވާ ބިންތަކަކީ ސިނާއީ ބޭނުންތަކަށް ވިއްކާ ބިންތަކެއް ކަމަށެވެ. ބީލަން ކާމިޔާބުކުރާ ދިވެހިންނަށް ބިން މިލްކު ކުރެވޭނެއެވެ އަދި ރާއްޖޭން ބޭރުގެ ފަރާތެއްނަމަ ބިން ދޫކުރެވޭނީ 99 އަހަރަށް ކުއްޔަށެވެ. ބީލަމަށް ހުށަހެޅޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/1700 އެވެ.

ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ 3 ކެޓަގަރީއަކަށެވެ. ޓައިޕް 1. 2،500-4،999 އަކަފޫޓް 64 ބިމާއި ޓައިޕް 2. 5،000- 9،999 އަކަފޫޓް 42 ބިމާއި ޓައިޕް 3. 10،000- 14،999 އަކަފޫޓް 2 ބިމެވެ. އެޗްޑީސީގެ ވެބްސައިޓުން އޮންލައިންކޮށް ބީލަމަށް ރަޖިސްޓްރީކުރެވޭނެކަމަށް  އެކުންފުނިން ބުނެއެވެ.

މިބިންތައްވިއްކައިގެން އެންމެ މަދުވެގެން ސަރުކާރަށް 660 އާއި 1.3 މިލިއަން ރުފިޔާ ދެމެދުގެ ނަފާއެއް ސަރުކާރަށް ހޯދޭނެއެވެ. އަދި ބީލަން ވާދަވެރިވެ އެންމެ ފައްކާ އަގު ބިންތަކައް ލިބިއްޖެނަމަ ޖުމްލަ 6 ބިިލިއަންގެ އާމްދަނީއެއް ސަރުކާރަށް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.