މިލިއުން ޝެއަރ ކުރައްވާ

ވިރާތް ކޯލީ ޓީމުގައި ހިމަނާނެތަތަ؟

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ދުނިޔޭގެ ރަސްކަން ހޯދައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފޯރިގަދަ ނިމުމަކަށް

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގައި ސްޕެއިނާއި އާޖެންޓީނާ

ފްރާންސް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް

!މެސީގެ ޖާދުލާއި އެކު މިސްރުގެ އުއްމީދުތައް ފުނޑުފުނޑުކޮށްލުމަށްފަހު އާޖެންޓީނާ ގޮވައިގެން ވޯލްޑް ކަޕްގައި ކުރިއަށް

އަންނަ ޖޫން 1 އިން 29 އަށް ވެސްޓް އިންޑީށް އަދި ޔޫއެސްގައި ބާއްވަން ހަމަޖެހިފައިވާ ޓީ20 ވޯލްޑްކަޕްގެ އިންޑީޔާގެ ޓީމް ހޮވުމުގެ މަސައްކަތްކުރަމުންދާއިރު އެންމެ އަޑުގަދަކޮށް ދެކެވޭ އެއްވާހަކައަކީ ކުރީގެ ކެޕްޓަން ވިރާތް ކޯލީ ޓީމުގައި ހިމެނުމުގެ ސުވާލެވެ. ކޯލީ ޓީމަށް ނުނަގާވާހަކަ ދެކެވުނަސް ސިލެކްޓަރުން މިވާހަކަ ދޮގުކޮށް އަދި ގޮތެއް ނުނިމޭކަމަށް ބުނެއެވެ.

ޢިންޑިޔާގެ މިފަހަރުގެ ޓީމްގައި އިސްކޮށް ހުންނާނީ ރޯހިތް ޝަރުމާއެވެ. އަދި މިވާހަކަ ވަނީ ބީސީސީއައި އިން ކަށަވަރުކޮށްދީފައެވެ. ކޯލީގެ ކުޅުން މިފަހަކަށް އައިސް އެންމެ ފައްކާކޮށް ނުދެއްކުނަމަވެސް 2022 ވަނައަހަރުގެ ޓީ20 ގައި 296 ލަނޑު ހަދާ އިންޑިއާއަށް އެންމެ ގިނަ ލަނޑު ހަދާދީފައިވާނީވެސް ކޯލީއެވެ.

2013ގެ ފަހުން ޓީ20 ޓްރޮފީ ކާމިޔާބެއް ލިބިފައިނުވާ އިންޑިއާގެޓީމުން އަލަށް ޖާގަ ހޯދި ކޭއެލް ރާހުލް އަދި ރިޝަބް ޕަންޓް ފަދަ ކުޅުންތެރިން އެމީހުންގެ ދެގޮތެއްނުވާ ކުޅުންދައްކަމުންދާއިރު މިވަގުތު ކޯލީގެ ކުޅުމުގެ ފެންވަރު  ދައްވެފައިވާތީ ކޯލީގެ ޖާގަ ޒުވާން އާކުޅުންތެރިއަކަށް ދިނުމުގެ ވިސްނުން ސިލެކްޓަރުން ގެންގުޅެއެވެ. ނަމަވެސް ކޯލީގެ ތަޖުރިބާއަކީ ތަށިހޯދުމަށް މުހުންމުކަމުގައިވެސް ގިނަބަޔަކުދެކެއެވެ. މިނިންމުންވެގެންދާނީ އިންޑީޔާޓީމުގެ ކުރިމަގަށް ނެގޭ އެންމެ މުހިންމު އެއްނިންމުމަށެވެ.