މިއީ ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭ ޮތަށް ކުރިއަށް ގެދެވުނު ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ޕޯސްޓްޕެއިޑް 450 އަދި ފައިބަ ބްރޯޑްބޭންޑް 30 އެމް އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުން ބައިވރިވިއެވެ.
މި ކާރާ ބެހޭ މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު ހަސަން ޝާރިހް އާދަމް ވިދާޅުވީ މި ޕްރޮމޯޝަންގެ ގުރުއަތު ނެގުން ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އީދު ބަންދާ ދިމާކޮށް ކަމަށެވެ.
ދިރާގުން ބުނި މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ކަސްޓަމަރުންނަށް ތަފާތު އަގުހުރި އިނާމްތަކެއް ދިނުމަށް ޓަކައި އެ ކުންފުނިން ލޯންޗުކޮށް ކުރިއަށް ގެންގޮސްފައިވާ ޕްރޮމޯޝަނެއް ކަމަށެވެ.
އެގޮތުން މި ކާރަކީ ތިމާވެއްޓާއި ރައްޓެހި، އެންމެ ޒަމާނީ އިލެކްޓްރިކް ކާރެއް ކަމަށާއި އެ ކާރަކީ ޓެކްނޮލޮޖީގެ އެންމެ ފުރިހަމަ މިސާލެއްގެ ގޮތުގައި ބަލައިގަނެވޭނެ ކާރެއް ކަމަށް ދިރާގުން ބުންޏެވެ.