މިލިއުން ޝެއަރ ކުރައްވާ

ބާޒާރުގައި ހުރި ކާބޯތަކެތި އާ ގަވާއިދަށް ފެއްތުމަށް އެމްއެފްޑީއޭ އިން މުހުލަތެއް ދީފި

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ބީއެމްއެލްގެ 1000 ޑޮލަރު ލިބޭ ޕްރޮމޯޝަން

އިންކަމް ޓެކްސްއިން ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް

ފީފާގެ މާލީ ނިޒާމު: އާމްދަނީގެ އާ ރެކޯޑެއް

ބީވައިޑީގެ ކުރިމަގަށް ހުރަސްތަކާއި އެކު ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް

Screenshot

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލަށް އަމަލުކުރަން ފެށި “ކާބޯތަކެތި ބަންދުކުރުމާއި، ލޭބަލްކުރުމުގެ ގަވާއިދު” އަށް ބާޒާރުގެ އުފެއްދުންތައް ފެއްތުމަށްޓަކައި ވިޔަފާރިވެރިންނަށް ހަ މަސްދުވަހުގެ ތައްޔާރީ މުއްދަތެއް ދީފިއެވެ.

 އެމްއެފްޑީއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި މި އާ ގަވާއިދުގެ ދަށުން، މިހާރު ބާޒާރުގައި ވިއްކަން ހުރި ތަކެއްޗާއި، އަލަށް ރާއްޖޭގައި އުފައްދާ ތަކެތީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ ހުރިހާ ކާބޯތަކެތި ވެސް އާ މިންގަނޑުތަކަށް ފައްތަން
ޖެހޭނެއެވެ. މި ބަދަލަށް ތައްޔާރުވުމަށް ހުރިހާ ފަރާތްތަކަށް ވެސް ހަ މަސްދުވަހުގެ ފުރުސަތެއް ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

މި ގަވާއިދަކީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް ފަރުމާކޮށްފައިވާ އުސޫލެކެވެ. ގަވާއިދާ ތަކުރާރުކޮށް ހިލާފުވާ ފަރާތްތަކާ މެދު ބޮޑެތި އިދާރީ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ފަސްވަނަ ފަހަރަށް ނުވަތަ އެއަށްވުރެ ގިނަ ފަހަރު ގަވާއިދާ ހިލާފުވެއްޖެ ނަމަ، އެއް މިލިއަން ރުފިޔާގެ ބޮޑު ޖޫރިމަނާއެއް ކުރުމާ އެކު، ވިޔަފާރި ކުރާ ލައިސެންސް ބާތިލްކުރުމުގެ ބާރު ވެސް އެމްއެފްޑީއޭ އަށް ލިބިގެންވެއެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފުވާ މީހުންނަށް ޖިނާއީ ދައުވާ ކުރެވޭނެ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެއެވެ.

ގަވާއިދުގައި ހިމެނޭ އެހެން ބައެއް މުހިންމު ކަންކަމަށް ބަލާއިރު، ރައްކާތެރިކަމުގެ މިންގަނޑުތަކާ ހިލާފަށް ކާބޯތަކެތި އެތެރެކުރުމުގެ ސަބަބުން އެއްވެސް ކަސްޓަމަރަކަށް ނުވަތަ ފަރާތަކަށް ގެއްލުމެއް ވެއްޖެ ނަމަ، އެކަމުގެ ބަދަލު ހޯދުމުގެ ގާނޫނީ ފުރުސަތު އޮންނާނެއެވެ. އަދި ތިމާވެއްޓާއި ސިއްހަތަށް ނުރައްކާވާ ފަދަ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕޮލިއިތެލީން ޓެރެފްތަލޭޓް (ޕީއީޓީ) ފަދަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކުރުން ވެސް މި ގަވާއިދުގެ ދަށުން ވަނީ މަނާކޮށްފައެވެ.

މި ގަވާއިދާ ބެހޭގޮތުން އިތުރު ތަފްސީލް ސާފުކުރަން ބޭނުންވާ ވިޔަފާރިވެރިންނާއި އާންމުން، އެ އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ ނަމްބަރު 3034217 އަށް ގުޅުއްވުމަށް ނުވަތަ foodsafetydivision@health.gov.mv އަށް އީމެއިލް ކުރެއްވުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.