ދަތުރުފަތުރާބެހޭ ވުޒާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިރޯދަމަހު 1 ން 19 އަށް އަދި ޝައްވާލު މަހު 1 ން 7 ށް މުދާ އުފުލޭނީ ހެނދުނު 9:30 ން ހަވީރު 4:30 އަށް އަދި ރޭގަނޑޫ 8:00 ން ހެނދުނު 6:00 އަށެވެ.
ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން މުދާ އުފުލޭނީ ހެނދުނު 6:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 ން ފަތިހު 6:00 އަށެވެ.
މިއެންގުމާ ޚިލާފުވާފަރާތްތައް ޫރިމަނާކުރެވޭނެކަމުގައި މިއެންގުމުގައި ވެއެވެ.