މިލިއުން ޝެއަރ ކުރައްވާ

ފުރަތަމަ ފަސް މަހުގެ ރިސޯޓު ކުލީގެ އާމްދަނީ 20 ޕަސެންޓް ކުރިއަށް

އިޝްތިހާރު

މިބައިގައި ހިމެހޭ ބައެއް ލިޔުންތައް

ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރ: އީލޮން މަސްކް

ޗެއާޕާސަންގެ މަގާމު ކާމިޔާބު ކުރައްވައި ނަޝީދު އަލުން ސިޔާސީ މައިދާނަށް

ފޯރިގަދަ ފެށުމެއް: 2026 ގެ ވޯލްޑް ކަޕް ފެށުނުއިރު ރަތް ކާޑުގެ ބޯހިމެނުމަކާއި ސިޔާސީ ނުތަނަވަސްކަން!

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގެއްލުން 500 މިލިއަން ޑޮލަރަށްވުރެ މައްޗަށް

މާލެ , ދިވެހިރާއްޖެ — ރާއްޖޭގެ މާލީ ނިޒާމު ވަރުގަދަކުރުމަށް ދައުލަތުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ބާރަކަށްވަމުން، މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު ބޭރު ފައިސާގެ އާމްދަނީ ބޮޑުތަނުން ކުރިއަރައިފި އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖަނަވަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް 722 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 47 މިލިއަން އެމެރިކާ ޑޮލަރު) ވަނީ ލިބިފަ އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 20 ޕަސެންޓްގެ  ކުރިއެރުމެކެވެ. ޑޮލަރުން ލިބޭ މި އާމްދަނީއަކީ ދައުލަތުގެ މާލީ ހަމަޖެހުމާއި ދިގު މުއްދަތުގެ ކުރިއެރުމަށް ލިބުނު މުހިންމު ބާރެކެވެ.

މި ކުރިއެރުމާއެކު، މިއަހަރުގެ މިހާތަނަށް ދައުލަތަށް ޓެކްސް އާއި އެހެނިހެން ފީތަކުގެ ގޮތުގައި ޖުމްލަ 16 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.  ފަތުރުވެރިކަން ލޯސީޒަން ދުވަސްވަރާ ދިމާވުމުގެ ސަބަބުންނާއި ހަނގުރާމަައިގެ ސަބަބަުން، ނިމިދިޔަ މެއި މަހު ރިސޯޓު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ 7.2 މިލިއަން ރުފިޔާއަށް ދަށްވެ، ޓީޖީއެސްޓީ (TGST) އާއި ގްރީން ޓެކްސް، އަދި ޑިޕާޗާ ޓެކްސް ފަދަ ދާއިރާތަކުން ލިބުނު އާމްދަނީ ދަށެވެ.